ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 560 ގްރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މި ތަކެތި ފެނިފައިވަނީ ބަންގްލަދޭޝްއިން ރާއްޖެ އައި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
https://x.com/CustomsMv/status/2123375963694342474
އެ ފަސިންޖަރުގެ އަތުން އަތުލައިގެންފައި ވަނީ އެމްފެޓަމައިންގެ ބާވަތެއް ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 560 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވެސް މި މަހުގެ 6 ވަނަ ދުވަހު އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި މި ދެ އޮޕަރޭޝަނުގައި ވެސް އަތުލައިގެންފައި ވަނީ ސިންތެޓިކް ކެތިނޯންއެވެ.