ނަޝީދުގެ އެމްއާރްއައި ސުކޭނެއް ހެދުމަށް އަނެއްކާވެސް އެދިއްޖެ

ހައިކޯޓުގައި ބޭއްވި މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމަށްފަހު ރައީސް ނަޝީދު އަނބުރާ މާފުށީ ޖަލަށް ގެންދަނީ: ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްއާރުއައި ސުކޭނެއް ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަރިހުގައި އަނެއްކާވެސް އެދިއްޖެ އެވެ.

ރައީސް ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ އެމްއާރުއައި ސުކޭނެއް ހެދުމަށް އެދި ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ސޮއި ކުރައްވައި ހޯމް މިނިސްޓަރު އުމަރު ނަސީރަށް މިއަދު ސިޓީފުޅެއް ފޮނުއްވަވާފައިވާ ކަމަށެވެ.

އެ ސިޓީފުޅުގައި ރައީސް ނަޝީދުގެ ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތަށް އެމަނިކުފާނުގެ އެމްއާރުއައި ސްކޭން ހެއްދެވުމަށް އެކިފަހަރު މަތިން އެދިވަޑައިގެންނެވި ނަމަވެސް އެ ސްކޭން ހެއްދެވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަން ފާހަގަކުރައްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދަށް ދޭން ޖެހޭ ފަރުވާއެއް ދެނެ ގަނެވޭނީ އެމްއާރުއައި ސުކޭނެއް ހެދުމަށް ފަހުގައި ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އެމްއާރުއައި ސުކޭނެއް ހެދުމަށް ހޯމް މިނިސްޓަރު އުމަރުގެ އަރިހުގައި އެންމެ ފުރަތަމަ އެދިވަޑައިގެންފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

ޓެރަރިޒަމުގެ ކުށް ސާބިތުވެ ތޭރަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.

comment ކޮމެންޓް

comment ޕާޓޭ

10 year 10 month ago

ޕަޓާސް ގެ ކޮމެނޓްގައި އެބުނާ " ސިޔާސީގޮތުން ނަސީދު ބަލިނުކުރެވުނީމާ ޖަލަށްލީ!" ނީކީކެބާ. 2014 ގައި ޔާމީނާވާދަކޮށް ބަލިވީމަތާ ވެރިކަން މިލިބުނީ؟؟؟؟؟؟؟؟

comment ޔާޒު

10 year 10 month ago

ހަމަ ސިމްޕަތީ. ތިޔަބުނާ ޑޮކްޓަރެއްގެ ފޮޓޯ އެއްނަމަވެސް ދައްކާލަބަލަނިކަން އެމްއާރުއައި އެކަނިއެއްނޫން ހަތަރެސްފައިގައި އޮއްޓުވެސް އަޅުވަން ޖެހޭނެހެންހީވަނީއޭރުން.

comment އިބޫ

10 year 10 month ago

ޑިމޮކްރަސީގައި މިފަދަބޭފުޅުން ބަންދު ކުރެވިގެން ނުވާނެ. ރައްޔިތުންނަށް ފައިދާ ބޮޑުވާނެ އެގޮތްކަމަށްފެނޭ!

comment ޕަޓާސް

10 year 10 month ago

ސިޔާސީގޮތުން ނަސީދު ބަލިނުކުރެވުނީމާ ޖަލަށްލީ! މީޔާނުގެ ހެޔޮފުޅުކަން.

comment ޒާ

10 year 10 month ago

މި ނަޝީދަކު ޖަލަށް ލީމާ ހާދަ ބަލިކަމަށް ހެދިގެން ޓެސްޓް ތަކެއް ހަދަން އެދެއޭދޯ؟ އެކަމަކު މާދަމާވެސް ދޫކޮށްލަބަލަ. މަގުތައް ކުޑަކުރާނެ. މިއީ ދެން ބޮޑު އުނދަގުލެއް ކަހަލަ މީހެއް.