ހުރިހާ ރަށެއްގައި ބީއެމްއެލްގެ ކޭޝް އޭޖެންޓުން ބައިތިއްބަން ނިންމައިފި

ބީއެމްއެލް ހެޑް އޮފީސް

ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން އެކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށް ކޮންމެ ރަށެއްގައި ކޭޝް އޭޖެންޓުން ބައިތިއްބަން ބޭންކުން ނިންމައިފި އެވެ.

ގައުމީ ބޭންކުގެ 33 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މުވައްޒަފުންނަށް ޝުކުރު އަދާކޮށް އެ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން 160 ރަށަކަށް ކޭޝް އޭޖެންޓުންގެ ހިދުމަތް ފުޅާކޮށް ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހަފްތާގައި 160 ރަށަށް މިވަނީ ހިދުމަތް ފޯރުކޮށްދީފައި. މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ވެސް ލިބިގެންދާނެ،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.

ބީއެމްއެލްގެ ބުރާންޗެއް ނެތީ ހަމައެކަނި ވ. އަތޮޅުގަ އެވެ. ނަމަވެސް އެ އަތޮޅުގައި ބޭންކުގެ ބުރާންޗެއް ގާއިމުކޮށް 20 އަތޮޅު ފުރިހަމަ ކުރާނެ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ.

"ކައިރި މުސްތަގުބަލެއްގައި ވ. އަތޮޅުގައި އަލަށް ބުރާންޗެއް ހުޅުވިގެންދާނެ. ވ. އަތޮޅު ކައުންސިލާއެކު މަޝްވަރާތަކެއް ކުރެވި ބްރާންޗް ގާއިމު ކުރާނެ ރަނގަޅު ތަނެއް މިވަނީ ފާހަގަކުރެވިފައި،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބީއެމްއެލް އިން އަހަމިއްޔަތުކަންދެނީ ހަމައެކަނި މާލެއަށް ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެގޮތުން އެ ބޭންކުގެ ބުރާންޗުތައް އެކި ރަށްރަށުގައި އޮޕަރޭޓް ކުރަމުން އަންނަކަން ހީލީ ފާހަގަކުރެއްވި އެވެ.

ހީލީ ވިދާޅުވި ގޮތުގައި މިދިޔަ އަހަރާއި އަޅައިބަލާއިރު އެ ބޭންކުން ދޫކުރާ ލޯނު ތައް ވަނީ ދެގުނަ އިތުރުކޮށްފައެވެ. އެގޮތުން އެ ބޭންކުން މިހާތަނަށް ވަނީ 2.5 ބިލިއަން ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ.

ހީލީ ވިދާޅުވީ، ގައުމީ ބޭންކުން އަހަރަކު ދެ ހާހަށްވުރެ ގިނަ "ދޯނި ބޭންކިން ދަތުރު" އެކި ރަށްރަށަށް ކުރާ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުން ކޮންމެ ވަގުތަކު އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭއިރު، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އިސްލާމިކް ބޭންކިންގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައި އެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ބޭންކަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ކޮންމެ ފަރުދެއްގެ ހެޔޮބަދަލު ގެނުވައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ ބޭންކެއް،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.

comment ކޮމެންޓް

comment ސުބް

10 year 8 month ago

ކޮންމެ ރަށަކު ރަށުކައުންސިލުން ތިހިދުމަށް ދިނުމަށް ވަރަށް ފެނޭ.......

comment މަރިޔަމް

10 year 8 month ago

ތީތި ކަޑައޭ! ތީކީ އަޅުގަނޑުމެން ބޭނުންވާ ފާޑުގެ ޚިދުމަތެއް ނޫން. ތިޔަވިދާޅުވާ ބޭފުޅާގެ އަތުގައި ފައިސާ ހުރިއްޔާ ފައިސާދެވެނީ. އޭނަ ރަށުގަ ނެތިއްޔާ އެ ޚިދުމަތް އެ މަރުވީ. ތީކީ އިތުބާރު ކުރެވޭ ޚިދުމަތެއްވެސް ނޫން. އަނެއްކާ ކޮންމެ ޓްރާންސެކްޝަނަކަށް 10 ރުފިޔާ ނާގާ. ހައްހައްހާ! 10 ރުފިޔާގެ ފޯންރީލޯޑް އަޅަން 12 ރުފިޔާނެގީމަ ބޭންކަށް 10 ރުފިޔާ ދައްކަންޖެހޭ. މީ ތިޔަޚިދުމަތް އިންނަގޮތަކީ.

comment ނަރަޔާނަން

10 year 8 month ago

ލޯންދޫކުރާ ވާހަކަ ދައްކާއިރު ހާދަ ބޮޑު އެއްޗެކޭ އިންޓަރެސްޓަށް ނަގަނީ މިހާރު ދޫކުރާ 50،000 ރުފިޔާގެ ލުއިލޯނޭ ކިޔާ ލޯން ނެގުމުންވެސް ގާތް ގަޑަކަށް 75،000 ރުފިޔާ ދައްކަންޖެހޭ އަބަދުވެސް ނުދެއްކި އިންނަ އައުޓް ސްޓޭޑިންގ އެމައުންޓުގެ %18 އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭ މިއީ ދެން ބޮޑުވަރު ދޯ އެހެންވީމާ 2.5 ބިލިއަން ކީއްކުރަން 100 ބިލިއަން ރުފިޔާގެ ލޯން ވެސް ދޫކުރެވިދާނެ ހާދަ ބޮޑު ފައިދާ އެކޭ އެނަގަނީ ރައްޔިތުން ފެލައިގެން!!! ދެން އެހާ ބޮޑު އެއްޗެއް ނަގާއިރު ތަންކޮޅެއް ފަސޭހައިން ޚިދުމަތް ލިބޭނަމަވެސް ރަގަޅު ވަރަށް އާދޭހާއި އެކު ބީ އެމް އެލް ގައި މިއެދެނީ ބޭންކް އަތޮޅުތެރޭ ބޭންކަ ތަކުގައި ތިބޭ މުވައްޒަފުންގެ ޚިދުމަތް ތަންކޮޅެއް ހަރުދަނާކޮށް ރައްޔިތުން ނަށް ތަންކޮޅެއް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތެއް ހައްދަވައި ދެއްވައިށޭ ދަތުރު ފަތުރު ޚިދުމަތް އެހާދަތިކޮށް އަންނައިރު ވ. އުދަގޫ

comment ނަރަޔާނަން

10 year 8 month ago

މިހާރު ކަސްޓަމަރުން ފެލާއިގެން ނެގޭ ވަރުމަދުވެގެން އިތުރަށްވެސް ކަސްޓަމަރުން ފެލައިގެން އެއްޗެއް ނެގޭނީ ކިހިނެއްތޯ ބަލާ އެގޮތުގެ މަތިން ކުރާ ކަމެއް ކޮށްމެހެން ބަޔަކަށް ފަސޭހަ ކުރުމުގެ ގޮތުން ކުރާ ކަމެއް ނޫން ތީ ކީ އެއް މިހާރު ވެސް ގދ. އަތުޅު ބޭންކު ދޯނި މިދިޔަމުހުވެސް އަތޮޅު ތެރެޔަށް ނާދޭ!! ދެން އަނެއްކާ އަތޮޅު ތެރޭ ބޭންކް ތަކުގައި ތިބޭ މުވައްޒަފުންވެސް ވވވވވ. ފަރުވާ ކުޑަ މީހަކު ބޭންކަށް ކަމަކު ދިޔަޔަސް އެމީހުން ކުރާ ކަމެއް ކޮށްގެން ނޫނީ ކަސްޓަމަރަކާއި އަޅައެއް ނުލާނެ މިހާރުވެސް އަހަރެން ކޭޝް ކާޑަށް އެދިގެން އުޅޭތާ ވެސް ކޮން ދުވަހެއް އެއް ފަހަރު ބުނީ ޕިންކޯޑް ނާދޭ މާލެޔަށް ގުޅައިގެން ޚަބަރު ބެލީމައެއް ނޫންހޭ ލިބޭނީ ބުނީމަވެސް ބުނަނީ އަދި ނާދޭ އައިމައޭ ލިބޭނީ މިފަދަ ގޮތަކަށް ގޮސް މިހާރު ގާތްގަޑަކަށް 4 މަހެއްހާ ދުވަސް މިވަނީ

comment އިބްރާހީމް

10 year 8 month ago

"މި ބޭންކަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ކޮންމެ ފަރުދެއްގެ ހެޔޮބަދަލު ގެނުވައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ ބޭންކެއް،" ނޫން މި ބޭންކަކީ ކަސްޓަމަރުނ ފެލާ ބޭންކެއް ތި ތަޢާރަފްކުރި ޚިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރއެއްގެ އަތުން %10 ޕަސެންޓް ނަގާ މީ ވަރަށް ދެރަކަމެއް.