ފައިނަލްގައި އާމިނަތު ވިދާދުއާ ވާދަކޮށް ސީދާ ދެ ގޭމްސްއިން ކާމިޔާބު ހޯދައި އާމިނަތު ވިޝާމާ ގައުމީ ކެރަމް މުބާރާޓުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފި އެވެ. މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ހަސަން ނާޒިމް އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ގޭމް ކާމިޔާބު ކުރީ 21-8 ންނެވެ. އަދި ދެ ވަނަ ގޭމް ކާމިޔާބު ކުރީ 18-15 އިންނެވެ.
އަންހެން ސިންގަލްސްގެ ތިން ވަނަ ހޯދީ އަފްޝީނާ އެވެ.
އިއްޔެ ހަވީރު ކުޅުނު ފިރިހެން ސިންގަލްސް ފައިނަލް މެޗް ނާޒިމް ކާމިޔާބު ކުރީ އިސްމާއީލް އަޒުމީންއާ ވާދަކޮށް ސީދާ ދެ ގޭމުން ކާމިޔާބު ހޯދައިގެންނެވެ.