MTCC

ބޭނުމީ އަވަހަށް މަސައްކަތް ނިމެން، ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރު ކުރިޔަސް ނުހުންނާނަން

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ބައެއް މެންބަރުންނާއެކު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު (ކ) --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެފްއޭއެމް ނޯމަލައިޒޭޝަން މަސައްކަތް އަވަހަށް ނިންމަން ބޭނުންވާ ކަމަށާއި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ މައްސަލަތައް ދެން ފީފާއިން ފާހަގަކޮށް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރުކޮށްފިނަމަ އެކޮމިޓީން އިސްތިއުފާ ދެއްވާނެ ކަމަށް އެ ކޮމިޓީގެ ޗެއާމަންގެ މުޙައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ކޮންގްރެސްއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަވީދު ވިދާޅުވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފާސްކުރި އަސާސީ ގަވާއިދުގައި ފާސް ކުރި ބައެއް މާއްދާތައް ކުރިން ފީފާއަށް ފޮނުވާފައިވާނެ ކަމަށެވެ. މިއަދު ބޭއްވި ކޮންގްރެސްއިން އޭރު ފާސް ކުރި މާއްދާތައް އަލުން ބަދަލުވެފައިވުމުން އެކަން އެގޮތަށް ނިންމީ އެހެން ނުފޫޒެއް ކުރިމަތިވެގެން ކަމަށް ނިންމައި އަލުން އެ މަސައްކަތް ފުރިހަމަ ކުރުމަށް ފީފާއިން އަންގައި ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު އިތުރުކޮށްފާނެ ކަމަށެވެ.

ނަމަވެސް ފީފާއިން ދެން ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރު ކޮށްފިނަމަ އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޝަވީދު ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ބޭނުމީ މިކަން އަވަހަށް ނިމިގެން އެފްއޭއެމްއަށް އާ ލީޑާޝިޕެއް އައުން. ފީފާއިން އިތުރު މައްސލަތަކެއް ފާހަގަކޮށް ނޮޟަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރުކޮށްފިނަމަ އަޅުގަނޑު ނޯމަލައިޒޭޝަން ކޮމިޓީން އިސްތިއުފާ ދޭނަން،" ޝަވީދު ވިދާޅުވި އެވެ.

comment ކޮމެންޓް

comment އަލީ

9 year 2 month ago

ކަލޭ ތި ތަނުން ދިޔައްޔާ ރަނގަޅުވާނީ. ވީބީ ނަގައިގެން އެވެސް ފުޑާލީ. ދިވެހި ފުޓުބޯޅަ ދުވަސް ދުއްވާ ނުލާ ތިތަނުން ދޭ.

comment ބިން އިބްރާހިމް

9 year 2 month ago

މިހާރު ދެން ބްރޯބަންދު ކުރިހިސާބުން ވަރަބިނދުނީ ދެއްތޯއެވެ. މަތީގައި އެވާ ފޮޓޯއިން ހާދަ ގިނަވާހަކަތަކެއް އެބަ ދޭހަވެއެވެ.