ގޭންގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ 21 ކުއްޖަކު ވާނީއަށް ފޮނުވާލައިފި

ދ. މީދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަދައްކަވަނީ --- ފޮޓޯ: ޕޮލިސް

ގޭންގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ 21 ކުއްޖަކު ރިހެބިލިޓޭޓް ކުރުމަށް ދ. ވާނީއަށް މިއަދު ފޮނުވައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ 21 ކުދިންނަކީ ގާނޫނުތަކަށް ހުރަސްއަޅާ ކުދިން ކަމަށާއި 27 ޓްރެއިނަރުން އެކުލެވޭ ޑައިވާޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކުރުވާނެ ކަމަށެވެ.

ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒުގައި ގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމަކީ އެމްއެންޑީއެފް އާއި ޖެންޑާ މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކުށުގެ ވެށީގައި ކުއްޖަކު އުޅޭ ނަމަ މައިބަފައިން ރުހުނަސް ނުރުހުނަސް އެ ކުދިން ވާނީ އަށް ގެންގޮސް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް