Ooredoo

ޕޯޗުގަލަށް ޔޫރޯގެ ޗެމްޕިއަންކަން ހޯދުނީ ރޮނާލްޑޯ ނެތުމުން!

ޔޫރޯ 2016ގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ --- ފޮޓޯ: އޭޕީ

ޔޫރޯ 2016 ނިމިގެންދިޔަ އިރު، އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާހަކަ އެވެ. ފްރާންސްއާ ދެކޮޅަށް ކުޅުނު ޔޫރޯގެ ފައިނަލް މެޗު ފެށިތާ ދިހަ މިނެޓް ނުވަނީސް ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕޯޗުގަލަށް ރޮނާލްޑޯގެ ބޭނުން ހިފިފައެއް ނުވެ އެވެ. މެޗުގެ 25 މިނެޓަށް ފަހު، އޭނާ އަށް ޖެހުނީ ކަކުލުގައި ބެންޑޭޖް ގަނޑެއް އަޅައިގެން ބާކީބައި ބެންޗުގައި އިނދެގެން ކުޅިބަލާށެވެ.

Ooredoo

ފައިނަލް މެޗުގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ފްރާންސްގެ މައްޗަށް ޕޯޗުގަލަށް ނަތީޖާ ނެރެވުނީ އިތުރު ވަގުތު ކުޅެގެންނެވެ. އެ މެޗުގައި ފްރާންސްގެ މައްޗަށް 1-0 ލަނޑުގެ ހައިރާންކުރަނިވި ނަތީޖާ ޕޯޗުގަލަށް ނެރެވުނީ ރޮނާލްޑޯގެ އަނިޔާގެ ސަބަބުން ދަނޑުން ފައިބަން ޖެހުނީމަ ކަމަށް ބުނެވިދާނެ އެވެ.

ޔޫރޯގެ ފައިނަލް މެޗުގައި ޕޯޗުގަލްގެ ރޮނާލްޑޯ އަށް އަނިޔާވެފައި --- ފޮޓޯ: އޭޕީ

ފުރަތަމަ ކަމެއްގެ ގޮތުގައި ރޮނާލްޑޯ އަށް އަނިޔާ ނުވެ، ދަނޑުމަތީގައި ހުރި ނަމަ، ޕޯޗުގަލް މޮޅުކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ ކަމަށްވާ އެޑާ އަށް ކުޅެން އެރުމުގެ ފުރުސަތު ނުލިބުނީހެވެ. ފްރާންސްގެ ލިލް އަށް ކުޅޭ އުމުރުން 28 އަހަރުގެ ފޯވަޑް އެޑާ ފައިނަލް މެޗަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިރު، އޭގެ ކުރީ މެޗުތަކުގައި އޭނާ ފެނިގެންދިޔައީ ކުޑަ ވަގުތުކޮޅެއްގަ އެވެ. ޕޯޗުގަލުން ގްރޫޕް ސްޓޭޖުގައި އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހަތް މިނެޓަށް އޭނާ ފެނުނު އިރު، ދެން ފެނިފައިވަނީ ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ވެސް އޭނާ ފެނިފައި ވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ.

ޔޫރޯގައި ޕޯޗުގަލް ޓީމުން ރޮނާލްޑޯ ފެނިގެންދިޔައީ އަރިމަތިން ކުޅޭ ވިންގަރެއްގެ ބަދަލުގައި އެންމެ ކުރިން ކުޅޭ ފޯވަޑެއްގެ ގޮތުގައެވެ. މެޗުގެ އިތުރު ވަގުތު ކުޅެން ޖެހުނަސް އޭނާ ކުޅޭނީ ހަމަ އެ މަގާމަށެވެ. އަދި އޭރުން އެޑާ އަށް މެޗުގައި ބައިވެރިވުމުގެ ފުރުސަތެއް ވެސް ނުލިބޭނެ އެވެ. ނޮކްއައުޓް ބުރުގައި ޕޯޗުގަލް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު 90 މިނެޓަށްވުރެ އިތުރަށް ކުޅެން ޖެހުނު ނަމަވެސް، ސްވަންސީ ސިޓީގެ ކުރީގެ ފޯވަޑް އެޑާ ފެނިފައެއް ނުވެ އެވެ.

ރޮނާލްޑޯ(ވ)، ފައިނަލް މެޗުގައި ޕޯޗުގަލް މޮޅުކޮށްދިން ލަނޑު ޖަހައިދިން އެޑާ(ކ)އާއެކު --- ފޮޓޯ: އޭޕީ

ފައިނަލް މެޗުގައި އެޓޭކިން ފުޓްބޯޅައެއްގެ ހިޔާލު ގެންގުޅުމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އަށް ތައުރީފް ހައްގެވެ. އޭނާގެ އެ ހިޔާލާއެކު މެޗުގެ 79 ވަނަ މިނެޓުގައި ގެނައި ބަދަލަކީ މެޗުން މޮޅުކޮށްދިން ބަދަލެވެ. މެދުތެރޭގައި ހަރަކާތްތެރިވި ރެނާޓޯ ސަންޗޭޒްގެ ބަދަލުގައި ފޯވަޑް އެޑާ ކުޅެން ނެރުމުން ވަރަށް ރަނގަޅު ނަތީޖާއެއް ފެނިގެންދިޔަ އެވެ.

ބަދަލު ގެނައިތާ ގަޑިއިރެއް ނުވަނީސް ކޯޗު ސަންޓޯސް ބޭނުންވި ނަތީޖާ ފެނިގެންދިޔައީ އެޑާ ޖެހި ލަނޑުންނެވެ. އަނިޔާވެގެން ރޮނާލްޑޯ ފޭބި ހިސާބުން ޕޯޗުގަލުން އިތުރަށް ފަހަތަށް ޖެހިގެން ކުޅޭތަން ފެނުނެވެ. ޕޯޗުގަލަށް ދެން ފައިދާވީ ރިކާޑޯ ކަރެސްމާގެ ފަރާތުންނެވެ. އޭނާ އަރިމަތިން ކުޅޭ ކުޅުމުން ޕޯޗުގަލަށް އޭގެ ފައިދާ ލިބެމުންދިޔަ އެވެ. ކަރެސްމާ އަކީ ރޮނާލްޑޯ އަށްވުރެ މޮޅު ކުޅުންތެރިއެއް ނޫނެވެ. ނަމަވެސް ފައިނަލް މެޗުގައި އުމުރުން 32 އަހަރުގެ ކަރެސްމާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ޔޫރޯގެ ފައިނަލް މެޗުގައި ޕޯޗުގަލްގެ ރޮނާލްޑޯ އަށް އަނިޔާވުމުން އަށިގަނޑުގައި ދަނޑުން ބާލަނީ --- ފޮޓޯ: އޭޕީ

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ފްރާންސްގެ މައްޗަށް ޕޯޗުގަލަށް ކުރި ހޯދުނީ ރޮނާލްޑޯ އަނިޔާވެގެން ފައިބަން ޖެހުމުން އައި ބޮޑު ބަދަލުންނެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެނު ރޮނާލްޑޯ ނެތި ކުޅެން ޖެހުމުން ޕޯޗުގަލަށް ލިބުނީ މުބާރާތް ކާމިޔާބު ކުރުމުގެ ހިތްވަރެވެ. ޕޯޗުގަލްގެ ފަރާތުން ފެނިގެންދިޔައީ ކުރިއަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅޭ ތަނެވެ. ރޮނާލްޑޯ ހުރި ނަމަ، އޭނާ އަށް ބޯޅަ ނުލިބުމުން ހިތްހަމަނުޖެހިގެން ޓީމުގެ ކުޅުންތެރިންގެ ނާގާބިލުކަން ދައްކުވައިދޭ ބަސްތަކެއް ރައްދުކުރާނެ އެވެ. އެއީ ކުރިން ވެސް މުބާރާތުގެ ތެރެއިން އޭނާގެ ފަރާތުން ފެނުނު ކަމެކެވެ.

މެޗުގެ އިތުރު ވަގުތުގެ 30 މިނެޓު ކުޅެން ޖެހުމާއެކު ރޮނާލްޑޯގެ ފައިދާ މުޅިން ތަފާތު ސިފައެއްގައި ފެންނަން ފެށި އެވެ. ބެންޗުގައި އިނދެގެން ކޯޗެއްގެ ގޮތުގައި ރޮނާލްޑޯ ދިން އިރުޝާދުތަކުގެ ސަބަބުން ޕޯޗުގަލަށް ވަރަށް ރަނގަޅު ފައިދާއެއް ލިބިގެންދިޔަ އެވެ. އެހެންވުމުން ބުނެވޭނީ ރޮނާލްޑޯ އަށް އަނިޔާވުމުން ރަނގަޅު ޓީމްމޭޓެއްގެ ސިފައިގެން އޭނާ ފެނިގެންދިޔަ އެވެ.

ޕޯޗުގަލްގެ ކޯޗު ސަންޓޯސްއާއެކު ރޮނާލްޑޯ ޓީމަށް އިރުޝާދުދެނީ --- ފޮޓޯ: އޭޕީ

ރޮނާލްޑޯ އަކީ ޕޯޗުގަލްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔެކެވެ. ފައިނަލް މެޗުގައި ހެޓްރިކެއް ނުވަތަ ޕޯޗުގަލަށް ރޮނާލްޑޯ ލަނޑެއް ޖަހައި ދިނަސް، މީހުންނަށް ހައިރާންކަމެއް ނުލިބޭނެ އެވެ. ސަބަބަކީ އޭނާ އަކީ އެ ފެންވަރުގެ ކުޅުންތެރިއެއް ކަން މީހުންނަށް އެނގޭތީ އެވެ. ނަމަވެސް މި ފަހަރު ރޮނާލްޑޯ ނެތި ޕޯޗުގަލަށް ފައިދާވި އެވެ. ޕޯޗުގަލަށް އެންމެ ފައިދާ ހުރި ކުޅުންތެރިޔާ އަށް ރޮނާލްޑޯ އެއް މިފަހަރަކު ނުވި އެވެ.

Redstar
comment ކޮމެންޓް

comment ހަޖަމްނުވާ ނޫސްވެރިޔާ

9 year 10 month ago

ކަމޯން ރިފްޝާން ހަޖަމް ޕްލީސް ރޮނާލްޑޯ ނެތްނަމައޭ ކިޔާއިރު ރައުންޑް އޮފް 16 އާއި ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލްގަ ޕޯޗުގަލް މޮޅުވީ އެޑާ ކުޅެގެންތަ؟ އޯލްވޭސް ހޭޓާސް ގޮނަ ހޭޓް ޔޫގައިސް ޓޫ ކޯސް ހީ އީސް ދަ ބެސްޓް ބެސްޓް އޮފް ދަ ބެސްޓް ސީއާރު7

comment Adil mohamed

9 year 10 month ago

Konkameh Eccheh kiyass e othy thasi nagaifa

comment Ihusaan

9 year 10 month ago

Rifshan hajam nuviyas thee boduvaru mihaathanan dhandu beyrun fainal machehga rangalhu kulhumeh dhahkaigen team eh molhukuri kulhun therieh nuhuhnnane ronaldo noony... dhn plese hajm kohlaa

comment އަޒޫ

9 year 10 month ago

ޕޯޗްގަލް އަށް ތަށި ލިބުނީމަ ހަޖަމްނުވާ މީހުންނާއި ނޫސްވެރިންވެސް އުޅޭދޯ. ފުޓުބޯޅައިގަ ނަސީބެއް ނުކުޅޭނެ. ކިތައްމެ މޮޅަށް ކުޅުނަސް ނިންމާ ނުލެވޭ ޓީމެއް މޮޅެއްނުވާނެ....ހަޖަމް ޕްލީސް....

comment ައަލީ

9 year 10 month ago

މުބާރާތް ބެލި އެންމެނަށް އެނގޭ މިއީ ޕޯޗުގަލް އަށް ހައްގު މޮޅެއް ނޫންކަން. ތަށި ލިބުނީ ހަމަ ނަސީބު ރަގަޅުކަމުން. ޓީމަކަށް މިހާތަނަށް ލިބުނު ހުރިހާ ނަސީބެއް ޕޯޗުގަލަށް. 93 ވަނަ މިނިޓުގައި ފްރާންސް ދިން ފަހު ހަމަލާ ވެސް އެރީ ދަނޑިއަށް. ޕޯޗުގަލް 90 މިނިޓްގައި ދިނީ ގޯލަށް އެންމެ ހަމަލައެއް. 2004 ގްރީސް ވެސް މެޗުތަކުން 90މިނިޓްގައި މޮޅުވި. ދެން ފުޓްބޯޅައިގައި މިހާރު މޮޅުވާ ތަން މިފެންނަނީ މޮޅަށް ކުޅޭ ނޫނީ މޮޅެއް ހައްގު ޓީމަށްވުރެ ބޮޑަށް ނަސީބު އެހީވާ ޓީމު މޮޅުވާތަން. މިއީ ހަގީގަތް. ޔޫރޯ 2016 އިން މިކަން ވަރަށް ބޮޑަށް ސާބިތުވެއްޖެ ހުރިހާ މެޗުތައް ބެލި މީހެއްގެ ހައިސިއްޔަތުން މި ބުނީ. ސަލާމް

comment ެެެެއސ

9 year 10 month ago

ރިފްޝާން ހަޖަމު ޕްލީސް. ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ޕޯޗުގަލް ޤައުމީ ޓީމު އެ އޮތީ ތަށި ހޯދާފަ. މެސީއަކަށް އެކަމެއް ނުވޭ އަދިވެސް. ދެން ހަމަ ހަޖަމުކޮށްލައިން ހުންނަންޖެހޭނި.

reply ނީޒާ

9 year 10 month ago

މެސީ އޮތީ އެކަން ކޮށްފަ ރޮނާއަށް ވުރެއް ކުރިން މަޢުލޫމާތުގެ ކުށެއް ތި އުޅެނީ، މެސީ ވަނީ އޮލިމްޕިކް ރަންމެޑަލް އާޖެންޓިނާއަށް 2008ގަ ހޯދައިދީފަ އަދި އޭގެ ކުރިން ފީފާ ޔޫތު ޗެމްޕިއަންޝިޕް ވެސް.. ޔޫރޯ ތީ ކޮންޓިނެންޓަލް އެއްޗެއް ނު މި ދައްކަނީ މުޅި ދުނިޔެ ބައިވެރިވާ އޮލިމްޕިކްސްގެ ވާހަކަ.ރޮނާއަށް ުވަފެނުގަ ވެސް ނުވާނެ އެކަމެއް

comment ތާކިހާ

9 year 10 month ago

މިއޮތީ ޤުދުރަތްތެރިކަމަށް ހަޖޫ ޖެހިފަ.. "ނަމަ ނަމަ" އަށްވުރެން ޤުދުރަތްތެރިކަން މާވަރުގަދަވާނެކަން މި ގަބޯ ގަބޯ ނޫސްވެރިންނަށް ނޭގެނީބާ!!!

comment ޕޯޗުގީޒުންގެ ވާހަކަ

9 year 10 month ago

ރޮނާލްޑޯ ރިތަޔާ ވެފަ ޕޮރޓުގަލް ކޯޗައް ވެބަލަ

comment ޒަވިޔަނި

9 year 10 month ago

މީހަކު މޮޔަވާ ކަހަލަ ވާހަކަ ދައްކާތި! ނަމަނަމަ... އެހެންވިއްޔާ ފައިނަލަށްވެސް ނުދިޔައިސްތާ! އެހުރިހާ މެޗުތަކެއްގައި ރޮނާލްޑޯ ހުރިވިއްޔަ. ތިގޮތަށް ބުނަންޏާ ބުނެވިދާނެ ރޮނާލްޑޯ ހުރިނަމަ އެމެޗުގައި ގިނަގޯލްތައްޖަހައި ހެޓްރިކްހަދައިގެން އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔަކަށްވެސް ވާނެޔޭ. ކުރިއަރަމުން އައިގޮތަށް ބަލއިގެން... މިއީވެސް ދެން ވާހަކަ އެއްދީ؟

comment zawid

9 year 10 month ago

ronaa ah ves gold medal eh libunee tha gaumee team aaeku. Messi 2008 olympic Gold medal negi fahun 3 final kulheves silver mi libeny mulhin ves