އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ސީއެޗްއެސްއީއަށް

މައިލޯ އިންޓަ ސްކޫލް އެތުލެޓިިކްސް ޗެމްޕިއަންޝިޕް ގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ސީއެޗްއެސްއީ ޓީމް ޓްރޮފީ އާއި އެކު އުފާފާޅު ކުރަނީ --- ސަން ފޮޓޯ/ އަފްރާހް

އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް ސެންޓަރ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހޯދައިފިއެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ސީއެޗްއެސްއީ ހޯދިއިރު އެ އުމުރު ފުރައިގެ އެންމެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ވެސް ސީއެޗްއެސްއީގެ މުހައްމަދު ހަނަމް އިސްމާއިލް އެވެ. އަންހެން ބައިގެ އެންމެ މޮޅު އެތުލީޓަކީ ވިލާ އިންޓަނޭޝަންލް ހައި ސްކޫލްގެ ޚަދީޖާ އަހުމަދެވެ.

ދެވަނަ މައިލޯ އިންޓަ ސްކޫލް އެތުލެޓިިކްސް ޗެމްޕިއަންޝިޕް ގެ ތެރެއިން--- ސަން ފޮޓޯ/ އަފްރާހް

ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޏ. އަތޮޅު ތައުލީމީ މަރުކަޒު ހޯދި އިރު ފިރިހެން ބައިގެ ޗެމްޕިއަނަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. އެ އުމުރު ފުރާއިން އެންމެ މޮޅު ފިރިހެން އެތުލީޓަކީ ގދ. އަތޮޅުގެ ސައިފުﷲ އަހުމަދުއެވެ. އަންހެން ބައިގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ ޖަލާލުލްދީން ސްކޫލްގެ ނަޝާ ނިޒާރު އެވެ.

މައިލޯ އިންޓަ ސްކޫލް އެތުލެޓިިކްސް ޗެމްޕިއަންޝިޕް ގެ ތެރެއިން--- ސަން ފޮޓޯ/ އަފްރާހް

މުބާރާތުގެ 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒް ހޯދިއިރު އުމުރުފުރައިގެ އެންމެ މޮޅު ފިރހެން އެތުލީޓަކަށް ހޮވުނީ އެ ސްކޫލްގެ ހާޒިމް ހުސެއިން ޝަރީފް އެވެ. އަންހެން ބައިގެ ޗެމްޕިއަނުންނަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ. އެ އުމުރު ފުރައިގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ތާޖުއްދީން ސްކޫލްގެ އިމްތިނާން ފާރޫގްއެވެ.

މައިލޯ އިންޓަ ސްކޫލް އެތުލެޓިިކްސް ޗެމްޕިއަންޝިޕް ގެ ތެރެއިން--- ސަން ފޮޓޯ/ އަފްރާހް

ތޭރަ އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން މަދަރުސަތުލް ޝެއިޚް މުހައްމަދު ޖަމާލުއްދީން ސްކޫލް ހޯދި އިރު އަންހެން ބައިގެ ޗެމްޕިއަނުންނަކީ ތާޖުއްދީން ސްކޫލެވެ. އެ އުމުރުފުރައިގެ ފިރިހެން އެއްވަނަ އެތުލީޓަކަށް އިސްކަންދަރު ސްކޫލްގެ އިބްރާހިމް ޔައީޝް މުހައްމަދު ހޮވުނު އިރު އަންހެން އެއްވަނަ އެތުލީޓަކީ އައިޝަތު ޝަބާ ސަލީމް އެވެ.

މައިލޯ އިންޓަ ސްކޫލް އެތުލެޓިިކްސް ޗެމްޕިއަންޝިޕް ގެ ތެރެއިން--- ސަން ފޮޓޯ/ އަފްރާހް

މުބާރާތުގެ 11 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަނުންނަކީ އަމީނިއްޔާ ސްކޫލެވެ. އަންހެން ޗެމްޕިއަނުންނަކީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. އެ އުމުރުފުރައިގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް އަހުމަދު އިދާމް އިސްމާއިލް ހޮވުނުއިރު އަންހެން އެންމެ މޮޅު އެތުލީޓަކީ ހދ. އަތޮޅު ތައިލީމީ މަރުކަޒުގެ އައިޝަތު އަޔާ އަލީއެވެ.

މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހަށް ކުޅިވަރު އެކުވެނީ ދުވާ ޓްރެކް ސަރަހައްދުގައި ކުރިއަށް ގެންދިޔަ 19 ވަނަ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 31 ސްކޫލަކުން 950 ދަރިވަރިން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް