Ooredoo

2013 ގައި ސަރުކާރު ނުލިބުނު ނަމަ ގައުމު ބަނގުރޫޓު ވީސް: ސައީދު

މަޖިލީހުގެ ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ވެރިކަމަށް މިއަދުގެ ސަރުކާރު، 2013 ވަނަ އަހަރު އައިކަމަކީ ރާއްޖޭގެ ނަސީބު ކަމަށާއި، އެހެން ނޫން ނަމަ ގައުމު ބަނގުރޫޓު ވީސް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ADK GENERAl

ރާއްޖޭގެ ކްރެޑިޓް ރޭޓިންގއާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރު އިއްޔެ ވިދާޅުވީ ރާއްޖޭގައި މިވަގުތު އިންވެސްޓުކޮށްގެން ތިބި ފަރާތްތައް ވެސް އެ ރޭޓިންގ އަށް މަރުހަބާ ކިޔާ ކަމަށެވެ.

"ބީ2 ޕޮޒިޝަންއޭ ބުނީމަ، ބީއެމްއެލްއާއި، ރާއްޖޭގައި އިންވެސްޓު ކޮށްގެން ތިބި ދިވެހި ފަރާތްތަކާއި، އެންމެ ގިނަ އަދަދަކަށް ރާއްޖޭގައި އިންވެސްޓު ކޮށްފައި ތިބި ސިންގަޕޫރުގެ ވިޔަފާރިވެރިން ކީކޭތޯ ބުނީ. އެބޭފުޅުން ބުނަނީ އަދި ކިރިޔާއޭ ރާއްޖޭގައި ގައުމެއްގެ ސިފައިގައި އިންޓަނޭޝަނަލް މިންގަނޑަކަށް ފައްތައިގެން ކްރެޑިޓް ރޭޓިންގ ނެރެން ފުރުސަތު ލިބުނީ،"

ކްރެޑިޓް ރޭޓިންގ އަކީ އިގްތިސާދީ ގޮތުން ރާއްޖޭގެ ހާލަތު، ބައިނަލްއަގުވާމީ މިންގަނޑަކުން މިންކުރުމަށް ފަހު އާންމުކުރާ ރޭޓިންގއެކެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި، ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި، 18 ޕަސަންޓުގައި ނެގި ލޯނުތައް މިއަދުގެ ސަރުކާރުން ނަގަމުން ދަނީ 25 އަހަރުގެ ދިގު މުއްދަތަކުން އަނބުރާ ދައްކާ ގޮތަށް، 1.75 ޕަސަންޓުގައި ކަމަށެވެ.

"ދެހާސް ތޭރައިގައި ސަރުކާރު ހިންގަން ލިބުނުކަން އެއީ އަޅުގަނޑުމެންގެ ނަސީބު. އެހެން ނޫން ނަމަ ގައުމު އޮންނާނީ ބަނގުރޫޓުވެފައި. އެކަން ތިޔަ އިއްޒަތްތެރި މެމްބަރުން ވެސް ގަބޫލު ކުރައްވާނެ،" ސައީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، މަޝްރޫއުތައް ހިންގުމަށް ބޭރު ފަރާތްތަކުގެ މާލީ އެހީ ރާއްޖެއިން ހޯދަމުން ދަނީ ޚަރަދު ކުޑަ ދުވަސްކޮޅަކާ ދިމާކޮށެވެ.

"އަޅުގަނޑުމެންގެ އެޑްވާންޓޭޖުގައި މިދުވަސްކޮޅު އޮތް ކަމަކީ ދުނިޔޭގައި މިވަގުތު މި ހޯދާ ފަންޑިންގެ ޚަރަދު ކުޑަކަން. މި ހާލަތަކީ އަބަދު މިގޮތުގައި އޮންނާނެ ހާލަތެއް ނޫން. އަޅުގަނޑުމެންނަށް އެންމެ ބޭނުންވެފައި ހުންނަ މަޝްރޫއުތަކަށް ފައިސާ ހޯދަން ބަލާއިރު، ކޮސްޓް އޮފް ކެޕިޓަލް ކުޑަ ދުވަސްކޮޅަކާ އަޅުގަނޑުމެން މި ކުރިމަތިލަނީ. އެއީ އަޅުގަނޑުމެންގެ ނަސީބު،" ރައީސް ވިދާޅުވިއެވެ.

Redstar
comment ކޮމެންޓް

comment ހަސަނު

9 year 9 month ago

ގައުމު ބަނގުރޫޓު ނުވިއްޔާ ދެރަ ނޫންތޯ، އަދީބު އެކަނި ވެސް ބިލިއަނުން ބިލިއަނުން ނަގީ.. ގޯނިގޯންޏަށް އެ އަޅައިގެން މަޖުސީލް މެމްބަރުން ހިނގީ...

comment މާކުން

9 year 9 month ago

އެހެންވެ ދެއްތޯ ރައްޔިތުން ބަނޑަށް ޖައްސަނީ

comment ހަސަނު

9 year 9 month ago

މިގައުމަށް މިހާދަތި އުނދަގޫ ދުވަސްތަކެއް ދުވަހަކުވެސް ނާދޭ ތިބޭފުޅުން ގައުމު މިއޮތީ ބަނގުރޫޓްކޮށްލައިފަ ދެންކީކޭ ތިކިޔަނީ ޓީވީ އަށް އަރާ ކަރަންޓް އަގުބޮޑު، ކާޑު އަގުބޮޑު، 1.2 ބިލިއަން ރުފިޔާއަށް ހެދިގޮތެއް ނޭގޭ ޑޮލަރެއް ގަންނަން ލިބެނީ 17 ރުފިޔާއަށް

comment ޒީނާ

9 year 9 month ago

ސައީދު ތީ އަގައޮތީތީ ހުސް ހޮޅި ވާހަކަ ދަށްކާ މިނިސްޓަރެއް.

comment ސަންބެ

9 year 9 month ago

އޮޅުވާލަން ނޫޅެ 2013 ގައި މިއަވުރެ ގައުގެ ހާލަތު ރަނގަޅު! ތިންވަނަ އަހަރު ތިލަފަތް ހަމަ ބަޖެޓެއް ހުށައަޅަނަމޭ ކިއާފަ ވެރިކަމަން އަރާގައުމު ދަރުވާލީ! ރައްޔިތުން ފެލައިގެން ނޫންގޮތަކުން ފައިސާހޯދަން ނޭގޭ އިކޮނޮމިސްޓެއް! އެގޭ މިކޮމެއްޓު ނުޖަހާނެކަން އެހެންވެ މިނޫހައް އާންމުގޮތެއްގަ ނުވަންނަނީ! މިނޫހުގަ ގިނަކޮމެންޓު ނުހުންނަނީ އެކަމާހެދި މިއައް ވަންނާނެ މީހަކު ނުވާތި

comment su.son

9 year 9 month ago

hu Ihavan ey liyaafa rayyithun moyahadhaa hen hurihaa kamehga moya hadhaanamey hithaa dhoa thi ulheny..master plan hadham ovebala geyga

comment zalaf

9 year 9 month ago

saeed molhu vaahaka nudhakaa..abadhuves dhogu hadhaigen ulhen thiulheny. midhiya weekga buny ihavan master plan hadhan 10 party eba thibey soi kurany ey varah avahah.. ekamu aey ves bodu dhogeh