ކުޑަހުވަދުއަށް ބަދަލުވި ވާނީ މީހަކަށް ހައުސިން ޔުނިޓެއްދޭން ހުކުމް ކޮށްފި

ދ. ކުޑަހުވަދޫ -- ސަން ފައިލް ފޮޓޯ

އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ދ. ވާނީން ކުޑަހުވަދުއަށް ބަދަލުކުރި މީހަކަށް ހައުސިން ޔުނިޓެއް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިއްތި މުހައްނަދު އަށް ހައުސިން ޔުނިޓެއް ދިނުމަށް މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ހުކުމް ކުރީ އޭނާ ހައުސިން މިނިސްޓްރީއާ ދެކޮޅަށް ދައުވާކުރި މައްސަލައެއް ބެލުމަށްފަހު އެވެ.

އޭނާ ކުރި ދައުވާގައި ބުނެފައި ވަނީ ދ. ވާނީ "މިލަން" ކިޔާގޯތި ކޯޓު ހުކުމަކުން ދެބައި ކުރުުމުން ޝާހިލް ސިއްތިގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބައިގެ ބަދަލުގައި ހައުސިން ޔުނިޓެއް ދީފައިނުވާތީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ (ށ)ގެ ދަށުން ލިބިދޭ ހިޔާވަހިކަމުގެ ހައްގު ގެއްލިފައިވާ ކަމަށެވެ.

ވާނީ ރައްޔިތުންނަށް ކުޑަހުވަދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބޭ މީހުންގެ ލިސްޓަށް ސިއްތިގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މިލަން" ކިޔާ ގޯތި ހިމަނާފައި ނުވަނީ ދ. ވާނީ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އިއްތިފާގުވެފައިވާ ހަމައާއި އުސޫލާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް