ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 27 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ފައިނަލުން ޖާގަ ހޯދި ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ.
ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ މުހައްމަދު މުންތަސިރާއި އިސްމާއިލް އަޒްމީންގެ ޕެއާ އަދި އަލީ އާޒިމްއާއި ހުސައިން އަލީގެ ޕެއާ އެވެ.
ކެރަމް ހޯލްގައި ރޭ ކުޅުނު ފިރިހެނުންގެ ޑަބަލްސް އިވެންޓްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މުންތަރާއި އަޒްމީންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން އަލީ އަކްރަމްއާއި ޔަމާން އަބްދުލް ޖަލީލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ސެމީގެ ދެވަނަ މެޗުގައި އާޒިމްއާއި ހުސައިން އަލީ ވަނީ 2-1 ސެޓުން ނައުފަލް ޝަރީފާއި ހާތިމް ޚަލީލްގެ މައްޗަށް ކުރި ހޯދައިފަ އެވެ.
ރޭ ވަނީ ފިރިހެނުންގެ ސިންގަލްސް އަދި އަންހެނުންގެ ސިންގަލްސް އިވެންޓްގެ ކުޅުން ފަށައިފަ އެވެ. އެ މެޗުތަކަށް ފަހު އަންހެނުންގެސިންގަލްސްގެ އިވެންޓުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ވަނީ ކަށަވަރުވެފަ އެވެ.
އަންހެނުންގެ ސިންގަލްސް ކުއާޓާއިން ޖާގަ ހޯދި ކުޅުންތެރިން:
- އައިމިނަތު ވިޝާމާ
- ޖުމާނާ ޚަލީލް
- އައިމިނަތު ޝުބާ އާދަމް
- އައިޝަތު ޒުލްފިޝާން
- އައިޝަތު ނަހުފާ
- ފާތިމަތު ރަޔާނާ
- އައިމިނަތު ވިދާދު
- އައިޝަތު ފައިނާޒް