ބޭސް އެތެރެކުރާ ފަރާތްތަކަށް އިންފްލުއެންޒާ ވެކްސިން އެތެރެކުރެވޭ ގޮތަށް ހުޅުވާލައިފި

އެޗްވަންއެންވަން ވެކްސިން ޖަހަން އޭޑީކޭގައި ހަދާފައިވާ ކިއުއެއް -- ސަން ފޮޓޯ

ބޭސް އެތެރެ ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ހުރިހާ ފަރާތްތަކަށް ވެސް އިންފްލުއެންޒާ ވެކްސިން އެތެރެ ކުރެވޭ ގޮތަށް ހެލްތު މިނިސްޓްރީން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިވަގުތު ރާއްޖޭގައި މެދުވެރިވެފައިވާ ހާއްސަ ހާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ފޮ ނޭޝަނަލް ޕްރޮގްރާމްސް"ގެ ގޮތުގައި އެޕްރޫވްޑް ޑްރަގް ލިސްޓްގައި ގިންތިކުރެވިފައިވާ އިންފްލުއެންޒާ ވެކްސިން (P369) "ކޮންޓްރޯލްޑް ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން" (ކޮންޓްރޯލްޑް ޕީ އޯ އެމް) އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ބޭސް އިމްޕޯޓް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށް، އެ ވެކްސިން އިމްޕޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށާއި، ނަމަވެސް ވެކްސިން އިމްޕޯޓް ކުރުމުގެ ކުރިން، ޤަވާއިދާ އެއްގޮތަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އަދި ވެކްސިން އުފުލާ ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި، ވެކްސިން ޖެހުމާ ހަމައަށް މިންގަނޑުތަކާ އެއްގޮތަށް ހާއްސަކޮށް ކަނޑައެޅިފައިވާ ފިނިހޫނުމިން ހިފެހެއްޓުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެޗްވަންއެންވަން އަށް ރައްކާތެރިވުމުގެ ގޮތުން އައިޖީއެމްއެޗާއި އޭޑީކޭގައި މިހާރު އަންނަނީ ވެކްސިން ޖަހަމުންނެވެ. މި ބަލި ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާއިރު މިހާތަނަށް ބަލީގައި ހަ މީހަކު ވަނީ މަރުވެފަ އެވެ. އަދި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ 200 އަށްވުރެ މަތީގަ އެވެ.

comment ކޮމެންޓް

comment ވިސްނާމީހާ / މާލެ

8 year 4 month ago

އަދިވެސް ރާއްޖެ ތެރެއިން ހެލްތު ސެންޓަރު ތަކުން ކުދިންނަށް މިވެކްސިން ޖެހޭގޮތެއްނުވޭ އެދެން މިކަން ވަރަށް އަވަހަށް ހަމަޖައްސައި ދިނުން މިކަމައް އެތިބީ އެމީހުން އެދިއެދި އެވެ .

comment އިބްރާހީމް

8 year 4 month ago

އޭޑީކޭ ގަ ހަދާފައިން ކިއުއެއްހެން ހާދަ ހީ ނުވެޔޭ!!

comment ޤައުމު

8 year 4 month ago

ރައްޔިތުން މިގޮތައް އާދޭސްކުރުމަށް މިސަރުކާރު ވަރަށްމޮޅު ކަމަށް ދިރާސާތަކުންދައްކަނީ ފެންކިޔު، ވެކްސިންކިޔު މިނޫންގޮތަކަށް މިކަންނުކުރެވޭތަ؟ ބަލިހާލުގައި ހުންނަމީހާ އަދި 65އަހަރުން މަތީގެ މީހުންނަށްވެސް ވެކްސިން ޖަހާކަމުގައިވަނީނަމަ ފަތިސްނަމާދުން ފައިބައިގެން ކިޔޫއެއްގައި މަޑުކުރާންޖެހޭނީ އެހެންނޫނިއްޔާ ނުވާނެ،