ތިންވަނަ މައިލޯ އިންޓަރސްކޫލް ހޭންޑްބޯޅަ މުބާރާތް، މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި މިއަދު ހަވީރު ފަށައިފިއެވެ.
މާލެއާއި އަތޮޅުތެރޭގެ ސްކޫލްތައް ހިމެނޭގޮތަށް ޖުމު 14 ސްކޫލަކުން 65 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ދުވަހު 14 މެޗު ކުޅެފައި ވެއެވެ. އެގޮތުން މިއަދު ހަވީރު މާލޭ ޓެނިސްކޯޓު (މޭރީބްރައުން)ގެ ފަހަތުގައި، އޮންނަ ވެލިދަނޑުގައި ހަތަރު ކޯޓެއްގައި، ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:30އަށް ޖުމުލަ 18 މެޗު ކުޅެފައި ވެއެވެ.

ތިން ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 12 އަހަރުން ދަށް އަންހެން ބައިގައި އަމީިނިއްޔާ ސްކޫލާއި ޣާޒީ ސްކޫލް ކުޅުނު މެޗުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
އޭގެ ތެރޭގައި މުބާރާތުގައި މިފަހަރު ބައިވެރިވާ ދެ ޖިންސުގެ ހުރިހާ އުމުރުފުރައަކުންވެސް މެޗުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ތިން ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 14 އަހަރުން ދަށް އަންހެން ބައިގައި ހިރިޔާ ސްކޫލާއި ޣާޒީ ސްކޫލް ކުޅުނު މެޗުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ފުރަތަމަ ދުވަހުގެ މެޗުތަކާއި ނަތީޖާތައް:
- 12 އަހަރުން ދަށް ފިރިހެން: ކަލާފާނު 1-1 މުހުޔުއްދީން
- 12 އަހަރުން ދަށް އަންހެން: އިސްކަންދަރު 0-2 ދަރުމަވަންތަ
- 16 އަހަރުން ދަށް އަންހެން: އަމީނިއްޔާ 5-0 މުހްޔުއްދީން
- 14 އަހަރުން ދަށް ފިރިހެން: ޣާޒީ ސްކޫލް 9-3 ހިރިޔާ
- 12 އަހަރުން ދަށް ފިރިހެން: ޣިޔާސުއްދީން 3-1 އިސްކަންދަރު
- 12 އަހަރުން ދަށް އަންހެން: މަޖީދިއްޔާ 8-0 އަރަބިއްޔާ
- 14 އަހަރުން ދަށް ފިރިހެން: ދަރުމަވަންތަ 5-4 ރެހެންދި
- 12 އަހަރުން ދަށް ފިރިހެން: މަޖީދިއްޔާ 2-3 އަމީނިއްޔާ
- 12 އަހަރުން ދަށް އަންހެން: ޣިޔާސުއްދީން 7-0 މުހްޔުއްދީން
- 16 އަހަރުން ދަށް އަންހެން: މާފުށި ސްކޫލް 8-2 ޣާޒީ ސްކޫލް
- 14 އަހަރުން ދަށް އަންހެން: ޖަމާލުއްދީން 2-6 ދަރުމަވަންތަ
- 12 އަހަރުން ދަށް އަންހެން: ޖަމާލުއްދީން 9-1 އަރަބިއްޔާ
- 12 އަހަރުން ދަށް އަންހެން: ޣާޒީ ސްކޫލް 9-3 އަމީނިއްޔާ
- 14 އަހަރުން ދަށް އަންހެން: އަމީނިއްޔާ 3-3 މަޖީދިއްޔާ
- 16 އަހަރުން ދަށް ފިރިހެން: މަޖީދިއްޔާ 10-13 މުހްޔުއްދީން
- 14 އަހަރުން ދަށް އަންހެން: އަރަބިއްޔާ 2-6 ތާޖުއްދީން
- 16 އަހަރުން ދަށް ފިރިހެން: ޖަމާލުއްދީން 5-7 އިސްކަންދަރު
- 14 އަހަރުން ދަށް ފިރިހެން: އަމީނިއްޔާ 4-4 ކަލާފާނު

ތިން ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 12 އަހަރުން ދަށް ފިރިހެން ބައިގައި އަމީިނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލް ކުޅުނު މެޗުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
ޖުމުލަ 910 ދަރިވަރުންނާއެކު ކުރިއަށް ގެންދާ މި މުބާރާތަކީ، ސްކޫލްތަކުގެ މެދުގައި ބޭއްވޭ ކުޅިވަރުގެ އެންމެ ބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ ތިންވަނަ ދުވަހުއެވެ.

ތިން ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 14 އަހަރުން ދަށް ފިރިހެން ބައިގައި ދަރުމަވަންތަ ސްކޫލާއި ޖަމާލުއްދީން ކުޅުނު މެޗުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ