ފާކިސްތާނުގެ ދެ ޑިޕްލޮމެޓުން އަފްޣާނިސްތާނުގައި ގެއްލިއްޖެ

ފޮޓޯ: އަލްޖަޒީރާ ނިއުސް

އަފްޣާނިސްތާނުގެ އިރުމަތީ އަވަށެއްގެ ކޮންސުލޭޓް އޮފީހުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ދެ ޑިޕްލޮމެޓުން ގެއްލިއްޖެއެވެ.

އަފްޣާނިސްތާނުގެ އަވަށެއްކަމުގައިވާ ޖަލާލަބާދުގައި ހުންނަ އެ ކޮންސުލޭޓް އޮފީހުގައި މަސައްކަތްކުރާ ދެ ޑިޕްލޮމެޓުން ގެއްލިގެން އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ޕާކިސްތާނުގެ ފޮރިން އޮފީސް އިން ބުނާގޮތުގައި އެ ދެމީހުން ގެއްލިފައިވަނީ އެމީހުންގެ އުފަންގައުމަށް ދަތުރުކުރަމުންދަނިކޮށް ކަމަށްވެއެވެ. އެ ދެ މީހުން ގެއްލިފައިވާކަމަށް ލަފާކުރެވެނީ ނަންދަހާރު ޕްރޮވިންސްގެ ވެރިކަންކުރާ ޖަލާލަބާދު އަވަށާ ޓޯކަމް ބޯޑަރާ ދެމެދުގެ ސަރަހައްދަކުންނެވެ.

"މިދެބޭފުޅުން ވީއެންމެ އަވަހަކަށް ހޯދާދިނުމަށް އަދި އެބޭފުޅުން ފެނިއްޖެ ހާލަތެއްގައި ރައްކާތެރިކަން ފޯރުކޮށްދިނުމަށްއެދި އަފްޣާނިސްތާނުގެ ގުޅުންހުރި މުއައްސަސާތަކަށްވާނީ ދަންނަވާފަ،" ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ނަންގަހާރު ޕްރޮވިންސުގެ ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި ގެއްލުނު ދެ ޑިޕްލޮމެޓުން ހޯދުމަށް ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ޕާކިސްތާނުގެ ކޮންސިއުލޭޓުން ފޯރުކޮށްދޭނެއެވެ.

އެ ދެ ޑިޕްލޮމެޓުން ގެއްލުނު ހާދިސާގައި ޕާކިސްތާނުން އެއްވެސް ފަރާތަކަށް ތުހުމަތެއް ކޮށްފައިނުވާއިރު، ދެ ގައުމުގައި ހަރަކާތްތެރިވާ ތާލިބާން ހަނގުރާމަވެރިން ހުއްޓުވުމަށް އެދެވޭ މަސައްކަތެއް ނުކުރާކަމަށް ދެ ގައުމުން އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކޮށް ހެދުމުގެ ސަބަބުން ފަހަކަށް އައިސް އެ ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.

މަސްދަރު: އަލްޖަޒީރާ

comment ކޮމެންޓް