ރާއްޖެގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ތ. އޮމަދޫގައި ހުރި ދޮޅު ގަރުނުވެފައި ހުރި ބޮޑު ނިކަ ގަހެއް ވެއްޓިއްޖެ އެވެ.
އޮމަދޫ ކައުންސިލްގެ ރައީސް ހާރޫން މުހައްމަދު މިއަދު 'ސަން' އަށް ވިދާޅުވީ ނިކަގަސް ވެއްޓިފައި ވަނީ ރޭ ފަތިހު ވައިގަދަވުމުގެ ސަބަބުން ކަމަށާއި ގަހާއެކު ހައެއްކަ ރުށް ވެސް ވެއްޓުނު ކަމަށެވެ.
ހާރޫން ވިދާޅުވީ އެ ގަހަކީ އެ ރަށުގައި ވަރަށް ކުރީން ފެށިގެން ވެސް ހުންނަ ގަހެއް ކަމަށާއި ދުވަސްވީ މީހުން ބުނާ ގޮތުން އެ ގަހަށް 150 އަހަރު ވެދާނެ ކަމަށެވެ.

ވައި ގަދަވެގެން އޮމަދޫގައި ހުރި ބޮޑު ނިކަ ގަހެއް ވެއްޓިފައި --- ފޮޓޯ/ ކިޔުންތެރިއެއް
"ރޭ ފަތިހު ގަސް ވެއްޓުނީ. އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. ނަމަވެސް ކައިރީގައި ހުރި ހައެއްކަ ރުށް ވަނީ ވެއްޓިފައި،" ހާރޫން ވިދާޅުވިއެވެ.
ހާރޫން ވިދާޅުވީ އެހާ ޒަމާންވީ ގަހެއް ވެއްޓުމުން، އެކަން އެންވަޔަރަމަންޓް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ތ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާާރާއިން ވަނީ ބުނެފަ އެވެ. އަދި ކުރިއަށް އޮތް 24 އަޑި އިރުވެސް އެސަރަހައްދު ތަކަށް މޫސުން ގޯސްވާނެ ކަމަށް އެއިދާާރާއިން ބުނެއެވެ.
އަދި ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގަމުންދާ އިރު މޫސުމާ ބެހޭ އިދާރާ އިން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލު ވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
comment އޭނާ
8 year 11 month ago
ތިޔައީ ހާދަ ބޮޑު ގަހެކެ ދޯ
comment ޝާހީ
8 year 11 month ago
ގަސް ކޮށާފަ ކޮޅަށް ނަގައި ގަސް ސަލާމަތްކުރެވޭތޯ ބެލުން ރަނގަޅުކަމަށް ފެނޭ!
comment ކަޑަ
8 year 11 month ago
ތީހާދަ ކުޑަ ނިކަ ގަހެކޭ ހަހަހަހަހަ
comment ނަޒީހު
8 year 11 month ago
ކޮންމެ އެއްޗެއްވެސް ނިމުން އަންނާނެ...... މިއީ ވަރަށް ފުރިހަމަ މިސާލެއް!!
comment އޮމަދޫ ބާލިދީ
8 year 11 month ago
ދޮޅުގަރުނެއް އަދި ތިގަހަކަށް ނުވާނެ ދޮގު ނަހައްދަވާ. އެކަމު ތިގަހަށް 50 އަހަރުވަރު ވެދާނެ. ކޮންމެ ކަމަކުން 100 އިތުރުކޮށްފަ މަކައިރިޔަށް އަންނަނީ ހަމަ ހިނި..... ވަރަށް ސަލާމް
comment ވަހީދު
8 year 11 month ago
އެގަސް އަލުން އިންދަން ފެނޭ
comment ޔޫބެ
8 year 11 month ago
އެގަސް ހުރިތަން ފުންކޮށް ކޮނެފައި އަލުން އިންދާ !
comment ގަހުގެ ދޮންބަފާ
8 year 11 month ago
ތިގަސް މަރުނުވަނީސް އަލުން އިންދަން ފެނޭ....