މެޑަމް ކަޕްގެ ޗެމްޕިއަންކަން އެފްސީ ވާގައްޔަށް

މެޑަމް ކަޕް 2017ގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ކޮލަމާ

މިދިޔަ ފިތުރު އީދާ ގުޅުވައިގެން، "މެޑަމް ކަޕް 2017"ގެ ނަމުގައި ގއ. ކޮލަމާފުށިގައި ބޭއްވި 50،000 ރުފިޔާގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ވާލި ޓީމުން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ އެފްސީ ކޮމިޓީއާއި އެފްސީ ވާގަލި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން މި މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޑަމް ކަޕް 2017ގެ ރަނަރަޕް ޓީމަށް އިނާމް ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ކޮލަމާ

އެފްސީ ކޮމިޓީގެ މައްޗަށް ވާގަލި ކުރިހޯދީ 4-3 ލަނޑުންނެވެ.

މުބާރާތުގެ ފައިނަލް މެޗަށް ފަހު، ޗެމްޕިއަން ޓީމަށް ޓްރޮފީއާއި ފައިސާގެ އިނާމް، އަދި ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި މެޑައްޔާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން ޝުއާއުﷲ ސައީދެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވުނީ، އެފްސީ އެރީ ކެޓީ ފޭބީ އެވެ. އަދި ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ކޮމިޓީގެ އަބްދުލް ނާސިރެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރީން:

  • ވިޝާމް ހަސަން - އެފްސީ ވާގަލި
  • ޝައްފާން - އެފްސީ ވާގަލި
  • މުޚްލިސް ނަޖީބު - އެފްސީ ވާގަލި
  • އަބްދުﷲ ނާސިރު - އެފްސީ ކޮމިޓީ
  • ޙުސައިން - އެފްސީ ކޮމިޓީ
  • ހުޒައިފަތު - އެފްސީ ޔަގީން

މެޑަމް ކަޕް 2017ގެ ބެސްޓް ޕްލޭޔަރުން-- ފޮޓޯ: ކޮލަމާ

ގއ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ފުޓްސަލް މުބާރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްގެ އެހީތެރިކަމާއެކު ކޮލަމާ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި މުބާރާތެކެވެ.

comment ކޮމެންޓް

comment ހުވަދޫ މީހެއް ނޫން

8 year 12 month ago

ސްޓަރ ސްޕޯރޓްސް އަދި އީ އެސް ޕީ އެން އިން ލައިވް ކުރި ވާހަކައެއްވެސް ނުދައްކާ މިތާކު... މުބާރާތް ބޮޑުވަނީ މުބާރާތް ލައިވް ކުރީމަ އެކަނި ދެއްތޯ؟

comment މުހައްމަދު އަހްމަދު

8 year 12 month ago

ތިޔަ މުބާރާތުގައި ކުޅެފައިވަނީ ހަމަ އެކަނި ކޮލަމާފުށީ ޓީމުތައް.. ގއ. އަތޮޅުގައި އެންމެ ބޮޑު ފުޓްސެލް މަބާރާތްތަކެއް މިހާތަނަށް ބޭއްވިފައި ވަނީ ގެމަނަފުށީގައި.. ގެމަނަފުށީގައި ބޭއްވުނު މުބާރާތްތަކުގައި، ގެމަނަފުށީ، ކަނޑުހުޅުދޫ، ކޮނޑޭ، ދިޔަދޫ، ނިލަންދޫން ޓީމުތައް ބައިވެރި ވެފައިވޭ.. އަދި ގެމަނަފުށީގައި އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ސެމީފަނަލާއި ފައިނަލް ޕީއެސްއެމުން ލައިވް ކޮސްފައިވެސް ވޭ..