"ދަ ކިޗަން"ގެ ނަމުގައި އާ ރެސްޓޯރަންޓަކާއި ޕެޓިސަރީއެއް ހުޅުވައިފި

"ދަ ކިޗަން" ޕެޓިސަރީ އާއި ރެސްޓޯރަންޓް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދަ ކިޗަން"ގެ ނަމުގައި މާލޭގައި އާ ރެސްޓޯރަންޓަކާއި ޕެޓިސަރީއެއް ހުޅުވައިފި އެވެ.

ކޮކޯ ސިކް އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހުޅުވި އެ ރެސްޓޯރަންޓް ހުންނަނީ ހެންވޭރު ހިތިގަސްމަގުގަ އެވެ.

އެއްފަހަރާ، ގާތްގަނޑަކަށް 100 ވަރަކަށް މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ހަދާފައިވާ ރެސްޓޯރަންޓް ހުޅުވުމަށް ރޭ ވަނީ ޚާއްސަ ޖާފަތެއް އެތަނުގައި ބާއްވައިފަ އެވެ. ދައުވަތު އެރުވައިގެން ވަޑައިގަތް ގިނަ މެހެމާނުން ރޭ ވަނީ އެ ރެސްޓޯރަންޓުގެ އެކި ކާނާގެ އަޖުމަ ބަލާލައިފަ އެވެ.

"ދަ ކިޗަން" ޕެޓިސަރީ އާއި ރެސްޓޯރަންޓް ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދަ ކިޗަން"އިން ބުނި ގޮތުގައި އެތަނުގެ ޑައިނިންގް ޚިދުމަތުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުއިޒީންތައް ލިބެން ހުންނާނެ އެވެ. ޚާއްސަކޮށް އޭޝިއާގެ އެކި ކުއިޒީންތައް އެތަނުން ފާހަގަކުރި އެވެ.

މީގެ އިތުރުން އެތަނުގެ އެހެން ޚާއްސަ ޕްރޮޑަކްޓެއްގެ ގޮތުގައި ފާހަގަ ވަނީ "ދަ ކިޗަން" އިން އުފައްދާ ކުޅި ރަހަލާ ޕާނެވެ. "ދަ ކިޗަން"ގެ "ސްޕައިސީ ބްރެޑަކީ" ގިނަ ކަސްޓަމަރުންގެ ރަނގަޅު ފީޑްބެކް ލިބެމުން އަންނަ ޕްރޮޑަކްޓެއް ކަމަށް އެ ރެސްޓޯރަންޓުން ބުންޏެވެ. އަދި އެ ސްޕައިސީ ބްރެޑް ބޭނުންކޮށްގެން، ކަސްޓަމަރު އެދޭ ގޮތަކަށް ކަސްޓަމައިޒްޑް ސޭންޑްވިޗު ވެސް ހެދޭނެ ކަމަށް އެތަނުން ބުނެ އެވެ.

ދަ ކިޗަން އިން އުފައްދާ ސުޕައިސީ ބްރެޑް

އެ ރެސްޓޯރަންޓުން ބުނީ ކުދި ހަފުލާތަކާއި ބޮޑެތި ހަފުލާތަކަށް ކޭޓާ ކުރުމުގެ ހިދުމަތް ވެސް އެ ރެސްޓޯރަންޓުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ބިޒުނަސް ލަންޗާއި ޑިނާތަކަށް ވެސް ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށެވެ.

މިދިޔަ ދެ ހަފްތާގައި ދަ ކިޗަންގެ ޕެޓިސަރީ ހުޅުވައި ރޭ ރަސްމީ ގޮތެއްގައި އެތަން ހުޅުވި ނަމަވެސް، ދަ ކިޗަން ޑައިނިންގްއާ އެކު އާންމުކޮށް ހުޅުވަލާނީ މި މަހު 24 ވާ ހޮނިހިރު ދުވަހު ކަމަށް އެ ރެސްޓޯރަންޓުން ބުންޏެވެ. އެކަމަކު ފުރަތަމަ ހުޅުވާނީ ސޮފްޓް އޯޕަނިންއެއްގެ ގޮތުގައި ކަމަށް އެ ރެސްޓޯރަންޓުން ބުންޏެވެ.

އާންމުންނަށް ހުޅުވާ ތާރީހު އަންނަ ހޮނިހިރު ދުވަހަށް ފަސްކުރީ ކުރިއަށް އޮތް ދެ ރޭ ދައުވަތު ދީފައިވާ މެހުމާނުންނަށް ހިދުމަތް ދިނުމަށް ކަމަށް އެ ރެސްޓޯރަންޓުން ބުންޏެވެ.

comment ކޮމެންޓް