500 މީހުންގެ ޖާގައިގެ ނިއުޕޯޓް ވިއު މާދަމާ އާންމުންނަށް ހުޅުވާލަނީ

ނިއުޕޯޓް ވިއުުގެ ގްރޭންޑް އޯޕަނިންގެ ތެރެއިން --- ފޮޓޯ: ސްޓްރާޑާ

ބްރިޖު ޕްލެޓުފޯމް ސަރަހައްދުގައި އަޅާފައިވާ 500 މީހުންގެ ޖާޖައިގެ ރެސްޓޯރެންޓު، ނިއުޕޯޓް ވިއު މާދަމާ އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ނިއުޕޯޓު ފްރެންޗައިޒްގެ ދަށުން އަޅާފައިވާ ނިއުޕޯޓް ވިއުގެ ހާއްސަ ގްރޭންޑް އޯޕަނިން ރަސްމިއްޔާތެއް ރޭ ވަނީ ބާއްވާފަ އެވެ. ރޭގެ އޯޕަނިންނަށް ވަނީ ހާއްސަ މެހެމާނުންތަކަކަށް ދައުވަތު ދީފަ އެވެ.

ސިނަމާލޭ ބްރިޖުގެ ހިތްގައިމު މަންޒަރު ފެންނަ ސަރަހައްދެއްގައި، ހިތްގައިމު އިންޓީރިއާ އަކާ އެކު ތަރައްގީކޮށްފައިވާ ނިއުޕޯޓު ވިއު ހުންނަނީ ދެ ބުރީގެ އިމާރާތެއްގަ އެވެ. އެތަނަކީ ރައްޓެހިންނާއި އާއިލާ ނުވަތަ ލޯބިވެރިން ގޮވައިގެން ދިޔުމަށްވެސް ހިތްގައިމު ތަނެއް ކަމަށް ސްޓްރާޑާއިން ބުނެ އެވެ.

ނިއުޕޯޓް ވިއުުގެ ގްރޭންޑް އޯޕަނިންގެ ތެރެއިން --- ފޮޓޯ: ސްޓްރާޑާ

ނިއުޕޯޓް ވިއު ހުޅުވުމާ އެކު އެތަން ވެގެން ދާނީ ރާއްޖޭގައި މިވަގުތު އެންމެ ތާޒާކޮށް ސީފުޑް ސާވް ކުރާ ރެސްޓޯރެންޓަށެވެ. އެ ރެސްޓޯރެންޓުގައި ބޭނުން ކުރަނީ އެތަނުގައި ބަހައްޓާފައި ހުންނަ ހާއްސަ ސީފުޑް މަސް ޓޭންކަކުން ނަގާ ލޮބްސްޓާ، މަސް އަދި، ކަކުނި ފަދަ ތަކެއްޗެވެ.

އެ ރެސްޓޯރެންޓުގެ ޑްރިންކްސް މެނޫ އަކީ އެތަނުގެ ކަލިނަރީ ކޮންސަލްޓެންޓު މާހާ ނަސީރުގެ އުފެއްދުންތައް ހިމެނޭ، ރާއްޖޭގެ އެހެން ރެސްޓޯރެންޓުތަކުން ނުލިބޭ ޑްރިންކުތައް ހިމެނޭ މެނޫއެކެވެ. އެ މެނޫގައި ސިއްހަތަށް ފައިދާ ކުރަނިވި އެތައް ޑްރިންކެއްވެސް ހިމެނެ އެވެ.

ނިއުޕޯޓް ވިއުގައި ކުޑަކުދިން ކުޅެން ހާއްސަ ސަރަހައްދެއްވެސް ވަނީ ހަދާފަ އެވެ. އެ ސަރަހައްދަކީ ކުޑަކުދިން ބިންމައްޗަށް ވެއްޓުނަސް ތަދު ނުވާނެ ހެން ޕެޑިން އަޅާފައި ހުންނަ ހާއްސަ ސަރަހައްދެކެވެ.

ނިއުޕޯޓް ވިއުުގެ ގްރޭންޑް އޯޕަނިންގެ ތެރެއިން --- ފޮޓޯ: ސްޓްރާޑާ

ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ނިއުޕޯޓް ވިއު ހުޅުވާފައި ހުންނާނީ 4:00 އިން ރޭގަނޑު 00:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ 14:30 އިން ރޭގަނޑު 00؛00 އަށެވެ.

މާދަމާ ނިއުޕޯޓު ވިއު ހުޅުވުމަށް ނިންމާފައިވާ އިރު މިއަދު އެތަނުގައި ކުޑަކުދިންގެ ހާއްސަ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެތަނުގައި ހިލޭ ކާއެއްޗެހި ލިބެން ހުންނަ އިރު، ލައިވް މިއުޒިކާއި މެޖިކް ޝޯ ބާއްވާނެ އެވެ.

comment ކޮމެންޓް