Ooredoo
Dhiraagu

ތިލަފުށީގައި އެމްއައިބީގެ އޭޓީއެމް އެއް ބަހައްޓައިފި

ތިލަފުށީގައި ހުޅުވި އެމްއައިބީގެ އޭޓީއެމް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކ. ތިލަފުށީގައި އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

Ooredoo

އޭޓީއެމް ސެންޓަރު ބަހައްޓާފައި ވަނީ ތިލަފުށީ ބަނދަރު ކުރިމަތީގައި އޮންނަ ކޮށީގައެވެ. އެ ސެންޓަރު ހުޅުވައިދެއްވީ އެމްއައިބީގެ ސީއޯއޯ އަހްމަދު ރިޒާ އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖޯއެމްއައިޒެޑް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުއެވެ.

ތިލަފުށީގައި މިއަދު ހުޅުވި އޭޓީއެމް އިން، އެ ބޭންކުގެ އެހެން އޭޓީއެމް ތަކުން ވެސް ލިބޭ ހިދުމަތްތައް ލިބެން ހުންނާނެއެވެ.

މިއީ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރާ ތިލަފުށީގައި ހުޅުވި ފުރަތަމަ އޭޓީއެމް އެވެ. ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައި ވަނީ ޖީއެމްއައިޒެޑްގެ އެދުމުގެ މަތިންނެވެ.

މި އޭޓީއެމް ސެންޓަރާއެކު، އެމްއައިބީގެ ޖުމްލަ އޭޓީއެމްގެ އަދަދު ވަނީ 18 އަށް އަރައިފައެވެ.

މި ވަގުތު މާލޭގައި އެމްއައިބީގެ ފަސް އޭޓީއޭމް ސެންޓަރު އެބަހުއްޓެވެ. އަދި ހުޅުމާލެ އަދި ހުޅުލޭގައިވެސް އެމްއައިބީގެ އޭޓީއެމް ބަހައްޓާފައިހުރެއެވެ. ހުޅުމާލޭގައި އިތުރު އޭޓީއެމް އެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއައިބީ އިން ބުންޏެވެ.

Redstar
comment ކޮމެންޓް

comment ފައިޒުން

5 year 7 month ago

އެމް އައިބީއަށް މަރްހަބާ.. ބީއެމްއެލް ގައި އެތައް ފަހަރަކު އެދިގެންވެސް ތިކަން ކޮށެއް ނުދިން. ދެންއަޅުގަނޑުމެންގެ ހުރިހާ ސުޓާފުން އަދި ބޭރު މީހުންގެ އެކައުންޓުތައް ތިޔަ ބޭންކައް ބަދަލުކޮއްލާނަން.