ފުރަތަމަ ފަހަރަށް އަންހެނަކު އެޗްއައިވީން ފަސޭހަވެއްޖެ

އެޗްއައިވީ ވައިރަސް؛ ފޮޓޯ - ސެންޓިނެލް

ލުކީމިއާ ނުވަތަ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އެމެރިކާ އަންހެނަކު އެޗްއައިވީ ބަލިން ފަސޭހަވެއްޖެއެވެ.

ސްޓެމް ސެލް ޓްރާންސްޕްލާންޓް މެދުވެރިކޮށް ފަރުވާދިން މި އަންހެންމީހާއަކީ މިހައިތަނަށް އެޗްއައިވީ ބަލިން ފަސޭހަވި ތިން ވަނަ މީހާއެވެ.

ބޯން މެރޯގައި ފެށޭ ކެންސަރެއްކަމަށްވާ ލުކީމިއާއަށް މި އަންހެންމީހާ ފަރުވާ ހޯދަމުން އައިއިރު، އޭނާއަކީ މެދުއުމުރުގެ އަންހެނެކެވެ.

އަމްބިލިކަލް ކޯޑުގެ ލޭ ބޭނުންކޮށްގެން ފަރުވާދިން މިމީހާ ބަލިން ފަސޭހަވުމާއެކު އެޗްއައިވީއަށް ފަރުވާއެއް ލިބުމުގައި އައު ހަރުފަތަކަށް ދެވިފައިވާކަމަށް ސައިންޓިސްޓުން ޤަބޫލުކުރެއެވެ.

މީގެކުރިން އެޗްއައިވީން ފަސޭހަވި ދެ މީހުންނަކީ ފިރިހެނުންނެވެ. ކަޅު އަދި ދޮން ނަސްލަށް ނިސްބަތްވާ މި ދެ ފިރިހެނުން ބަލިން ފަސޭހަވެފައިވަނީ އެޑަލްޓް ސްޓެމްސެލްސް ފަރުވާއިންނެވެ.

comment ކޮމެންޓް

comment ކަމަނަ

4 year 9 month ago

ސުބްޙާނަﷲ ޝިފާ ދެއްވާ މަތިވެރި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ މުސްކުޅިބަލި ފިޔަވާ ހުރިހާ ބައްޔަކަށްވެސް ޝިފާވާކަން އަންގަވާފައިވޭ

comment ކަޅު ލިޔުންތެރިޔާ

4 year 9 month ago

ލިޔުން ފެށެނީ އެޗް.އައި.ވީ އިން. ލިޔުމުގެ މެދު ތެރެއިން އެޗް.އައި.ވީ، ކެންސަރު (ލޫކީމިއާ) އަށް ބަދަލުވެއްޖެ. ދިވެހި ނޫސްވެރިކަން

reply އަލީ

4 year 9 month ago

ކަޅު އަލުން ޚަބަރު ކިޔާލާ

reply ޢަރުޝީފް

4 year 9 month ago

ކޮއްކޮ އަށް ދޭހަނުވުމަކީ ލިޔުންތެރިޔާގެ މައްސަލައެއްތަ؟