އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހިމެނޭ ދެ މީހަކު އުމުރާއަށް ދިއުމުގެ ހުއްދަ ފުލުހުން ދީފިއެވެ.
ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގެ ތަހުގީގެ ތެރެއިން މީހުން ދެނެގަނެ އެމީހުންގެ ފުރުން މަނާކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގަށް ފުރުން މަނާކޮށްފައިވާ މީހުންގެ ތެރެއިން އުމުރާގެ އަޅުކަން އަދާކުރަން ދިއުމުގެ އިންތިޒާމުތައް ކުރިންވެސް ހަމަޖައްސާފައިވާ ދެ މީހަކަށް ފުރުމުގެ ވަގުތީ ހުއްދަައެއް ދީފައިވާކަމަށެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ލީކުކޮށްލާފައިވާއިރު، ފުލުހުން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާކަމަށް ބުނެފައެވެ.
އެ ތަހުގީގުގައި ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހޯދައި އެމީހުން ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ފުރާފައިވާކަމަށް މިއަދު ފުލުހުން ބުންޏެވެ.
ނަމަވެސް އެމީހުންގެ މައްސަލަތަކުގެ ތަހުގީގު ދަނީ ކުރަމުން ކަމަށާއި ތަހުގީގު ތެރެއިން އެމީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ދަަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު ހުރީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލަ މިހާރު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާފައެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހުޅުމާލޭ މިސްކިތެއްގެ އިމާމަކަށް ވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި އެންމެފަހުން ސަސްޕެންޑުކޮށްފައި ވަނީ ސިފައިންގެ މީހެކެވެ.
comment މުސީރު
3 year 10 month ago
ސުރުހީ ކިޔާލެވުނު ގޮތަކުން މަށަށް ފުރަތަމަ ހީވާ އެއްޖިންސުން ގުޅުން ހިނގި ފުލުހުންގެ ދެމީހުންނަށް އުމްރާ ދަތުރެއް ދީފިޔޭ. މަވަރަށް ގަޅިދޯ.
comment މޯހަން
3 year 10 month ago
ތި އޮބާލީ. ރޭވިގެން ހިންގި ކަމެއް ނޫންތޯ..
comment ރައްޔިތުން
3 year 10 month ago
މީގެ މާނައަކީ ކޮބައިކަން ފުލުހުންނަށްވެސް އެނގޭނެ. އެމީހުން އަނބުރާ ނާންނާނެކަން ޔަގީން. މީ އަދުލް އިންސާފު ހިނގާގޮތް.
comment އަލްޖިބްރާ
3 year 10 month ago
އެއްޖިންސުން ގުޅުން ހިންގާ އެކަން ފަޅާއެރީމަ އެންމެ ފުރަތަމަ އިސްލާމްދީނުގައި އެމީހުންގެ މައްޗަށް ކަޑައަޅާފައިވާ އުޤޫބާތް ތަންފީޒް ނުކޮށް އުމްރާއަށް ދިއުމަށް ހުއްދަ ދެވެނީ އިސްލާމްދީނުގެ ކޮން ފޮތެއްގައި އޮތް ނިޔާއަކުން ތޯ ސާފުކުރަން ބޭނުންވެއެވެ !
reply ހިޔާލު
3 year 10 month ago
އިލްމެވެރިން ކައިރީ އަހާލަންފެނޭ ﷲ ވަނީ ތައުބާވާން އަންގަވައި ކޮންމެފަދަ ފާފަޔަކަށް އަރައިގަތަސް ތައުބާ ގަބޫލް ކުރައްވާނެކަން ބަޔާންކޮއްދެެއްވައިފަ ތިޔަ ވީޑިއޯ ލީކްކޮއް މުސްލިމުން ފަލީހަކުރާ ބަޔަކު ހަމަ އެފަދަ ފާފަޔަކުން އިމްތިހާނާ ކުރިމަތިލާން ޖެހިދާކަމަށް ބިރުވެތިވޭ.