މުފްތީ މެންކު ދެއްވާ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މުފްތީ މެންކް ދެއްވާ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ދިރާގް

މަޝްހޫރު ދީނީ ޢިލްމްވެރިޔާ މުފްތީ މެންކް ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް"ގެ ސިލްސިލާ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މުފްތީ މެންކް ދެއްވާ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފައިވާއިރު، މުފްތީ މެންކްގެ ދަރުސްތައް ދެއްވުމަށް ހަމަޖެހިފައިވަނީ މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުޅުމާލެ ސިޓީގައެވެ.

މީގެ އިތުރުން މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް މުފްތީ މެންކެވެ.

މެންކްގެ ފުރަތަމަ ދަރުސް އޮންނާނީ މާދަމާ ރޭ މާލޭގެ އަލިމަސް ކާނިވަލުގައެވެ. އެ ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.

މިއީ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ. މީގެ ކުރިން މުފްތީ މެންކް ވަނީ 2015, 2016 އަދި 2020 ވަނަ އަހަރު މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީގައި ދީނީ ދަރުސް ދެއްވާފައެވެ.

ދިރާގުން ބުނީ ދިވެހިރާއްޖޭގައި އިސްލާމީ ރިވެތި އަޚްލާޤު ކުރިއެރުވުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އިސްނެގުމަށް ދިރާގުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުންދޭނޭ ކަމަށެވެ.

comment ކޮމެންޓް

comment ރަށްފުށުދިވެއްސެއް

3 year 9 month ago

ދިވެހިރާއްޖޭގައި މިހާރު ރަށްތަކެއް ނެތް. ހުސް ސިޓީ ހުރީ. ސިޓީނުކިޔާ ރަށްތަކުގެ ނަންތައްކިޔުމަކީ ލަދުވެތިކަމެއްބާ؟ ލަންޑަނަށް، ޕެރިހަށް، ނިއުދިއްލީއަށްވެސް ސިޓީއެކޭ ނުކިޔާ. ޖަޒީރާ ގައުމުތަކުގެ ވެރިރަށްތަކަށް މިސާލަކަށް ސޭޝެލްސްގެ މަހޭ، މޮރިޝަސްގެ ޕޯޓް ލުއި، ފިޖީގެ ސުވާ މިތަންތަނަށްވެސް ކިޔަނީ ހަމައެކަނި ނަން. އައްޑު އަތޮޅު ދޫކޮށްލާފަ ސިޓީކިޔާއިރު އަތޮޅު މިބަސް މީ ދިވެހިންގެ ތަރިކައެއް. އިގިރޭސި ރަދީފްގައި އޮތް ހަމައެކަނި ދިވެހިބަސް.