މީޑިއާނެޓުގެ ހުއްދަ ނެތި، ޕްރޮޖެކްޓަރު ބަހައްޓައިގެން އާންމު ތަންތަނުގައި ވޯލްޑްކަޕުގެ މެޗުތައް ނުދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މީޑިއާނެޓުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ލައިސެންސް ފީފާގެ ފަރާތުން ލިބިފައިވަނީ އެ ކުންފުންޏަށް ކަމަށެވެ.
މީޑިއާނެޓުން ވަނީ، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ސަބް ލައިސެންސް ތިން ޗެނަލަކަށް ދީފައެވެ. އެ ތިން ޗެނަލަކީ، ރާއްޖެޓީވީ، ޔެސްޓީވީ އަދި އައިސްޓީވީއެވެ.
ރާއްޖޭގެ ގޭބިސީތަކަށް މީޑިއާނެޓް މެދުވެރިކޮށް އެ ޗެނަލްތަކުން ވޯލްޑްކަޕް މެޗު ބެލުމުގެ ހުއްދަ އޮތްނަމަވެސް، އާންމު ތަންތަނުގައި ބޮޑު ސްކްރީނު ބަހައްޓައިގެން ވޯލްޑްކަޕް މެޗުތައް ބެލުމަކީ މަނާކަމެއްކަމަށް އެ ކުންފުނިން ބުންޏެވެ.
މީޑިއާނެޓުން ބުނީ ކެފޭތަކާއި، ރެސްޓޯރެންޓުތައް ފަދަ ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނުން މީޑިއާނެޓުގެ ހުއްދަ ނަގައިގެން ވޯލްޑްކަޕް ދެއްކުމުގެ ފުރުސަތު އެތަންތަނަށް އެބައޮތްކަމަށެވެ. މި ބަޔާނުގައި މީޑިއާނެޓުން އިތުރަށް ބުނެފައިވަނީ، ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތަކުން އަދި އިންޓަނެޓްގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެންވިޔަސް ވޯލްޑްކަޕްގެ މެޗްތައް ލައިވް ކުރުމަކީ މަނާކަމެއްކަމަށެވެ.
ކަނޑައެޅިފައިވާ އުސޫލްތަކާ ޚިލާފަށް ވޯލްޑްކަޕް ދައްކާނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅާނޭކަމަށް މީޑިއާނެޓުން ވަނީ އިންޒާރުދީފައެވެ.
އާންމުންނަށް ހުޅުވާލައިގެން ވޯލްޑްކަޕް ދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނޭކަމުގެ އިންޒާރު މީޑިއާނެޓުން ދީފައިވާއިރު، ޔޫތު މިނިސްޓްރީން މިއަދު ވަނީ ކުރިއަށްއޮތް ވޯލްޑްކަޕަށް ހާއްސަކޮށް 100 ޕްރޮޖެކްޓަރު ދޫކުރަން ނިންމާފައެވެ. މި ޕްރޮޖެކްޓަރުތައް ދޫކުރުމަށް ނިންމާފައިވަނީ މަދަނީ ޖަމިއްޔާތަކަށެވެ.
comment ބަލަ އޭތް
3 year 7 month ago
އަނެއްކާ އަނެއް ލާރި ގަނޑޫ ކާން އިތުރު އުކުޅެއް ޖެއްސީދޯ؟ ކަލޭމެންނަށް ދޭންވެފަ އޮތް އެންމެ ބައި ސެންޓެއްވެސް ނޯޯންނާނެ.. ކަލޭމެން ދަށުވެގެން އުޅޭކަށް ނުޖެހޭ... ތީކީ ސަރުކާރު ތަނެއް ނޫން ކޯޓެއް ނޫން.. އަމުރު ނެރިބަލަ ނުދެއްކޭނެކަމަށް..
comment ޝާހިދް
3 year 7 month ago
މީ ކޮންތާކުން ކާކު ދިން މަައުލޫމާތެއް؟ މީޑިއާނެޓުން ނެރެފެއިން ބަޔާނަކާ މި ލިޔުމަކާއި ދިމައެއްނުވޭ.
comment މުހައްމަދު....
3 year 7 month ago
އާންމު ތަނެއްގައި ދެއްކީގެ އެކަމުން އިސްތިހާރު ވެގެންދާނީ ވެސް މީޑިއާ ނެޓް. އަނެއްކޮޅުން އާންމުތަނެއްގައި މެޗެއް ދެއްކިއަސް، ގޭގެއިން ޕޭ ކުރާ ސަޕްސްކުރިޕްޝަން ފީ ދައްކާނެ. އެހެން ވީމާ މީޑިއާ ނެޓަށް ގެއްލުންވެދާނެތަ؟
comment ހުސާމް
3 year 7 month ago
ބޮޑު ސްކްރީން ބަހައްޓައިގެން ދައްކާނެ ދައްކަން ފެށީމަ ސަލާމަތީ ބާރުތަކުން ނުކުމެ ނުހުއްޓުވާނެބާ؟ މަމެންތިބޭނަން ވާގޮތެއް ބަލަން
comment މިޒާނިން
3 year 7 month ago
ދައްކާނަން. އަހަރެންގެ އޮފީސް ހުންނަނީ އެއަރޕޯރޓްގަ، މިތާގަ މިހާރުވެސް ސްކްރީން ބަހައްޓައިފި. މީޑިއާނެޓަށް މިތަނަށް ވަދެވޭނީކީ ނޫން. އެހެންވީމަ ބިގް ލޮލް.
comment މަ މިއު މަ
3 year 7 month ago
ނުޖެހޭނެ ކަލޭމެންގެ ހުއްދަ ނަގާކަށް
comment ރާބާފަތް
3 year 7 month ago
ހެދިފަ ހުންނަ ގާނޫނުތަކާ އެކި މުއާހަދާތަކަށް އިހުތިރާމް ކުރަން ދަސްކުރަންޖެހޭ.
comment މުހައްމަދު
3 year 7 month ago
ދެއްކޭނެ. ދައްކަންވެސް ދައްކައްކާނެ. ހެދޭނެ އެކައްޗެއްވެސް ނޯންނާނެ. މަހުޖަހުންގެ އަޅުންނެއް ނޫން މިގައުމުގައި ތިބީ. ދައްކައިގެން އެންމެން ކުށްވެރިއެއްވެސް ނުކުރެވޭނެ. ދެން ރިޒޯޓް ހިއްސާ ނުވިއްކައި ރިޒޯޓެއްވެސް ހިންގައިގެން ނުވާނެ.
comment މިސްޓާރ ޓޭ
3 year 7 month ago
ކޮންހާ ބިރެއް ދައްކާކައް، ދުނިޔޭގެ އެކިތަންތަނުން ހިލޭ ދޫކޮއްފަ ހުން ތާކުން ތާކުން ނުޖެހޭ ބޭކާރު ޗެނަލްތައް އަޅާ ހިތުން މޮޅެތި ސަޅި ޕެކޭޖް ހަދާފަ ދޫކުރާ ބައެއް. މާރަނގަޅު މަހަކު 8 ޑޮލަރު ދައްކާލާފަ ނެޓްފްލިކްސް ބޭނުން ކުރީމަ. މިފަހަރު ފީފާ ބަލާނީ ޕްރޮޖެކްޓަރު ބެލްކަނިން ޖެހިގެން ހުރި އިމާރާތައް އަޅުވައިގެން.
comment އަބުދު
3 year 7 month ago
މިއީ ޒުވާނުންނަށް ވަރަށް ހެޔޮފުޅު ސަރުކާރެއް! ޒުވާނުން މަގުމަތި ނުކުރާނެ މިސަރުކާރަކުން!
comment ނުބެހެވޭނެ
3 year 7 month ago
ކޮން ގާނޫނަކުން މަނާވަނީ. ގޭގެ ސިޓިންގ ރޫމްގަ އެންމެން އެކީ ތިބެބެލުންވެސް މަނާ ކުރަންވީނުން. މާ ބާރުގަދަ ބައެއް ކަމަށް ދެކިގެން އުޅޭބައެއްމި.
comment ދިއްގަރު ރައުފު
3 year 7 month ago
ގައުމީ ޓީވީއަށް މިފަހަރު ވޯލްޑްކަޕު އެންމެ ފުރަތަމަ ލިބުނީމަވެސް ގައުމީ ޓީވީގަ ތިބި ކަނޑުކޮސް ވެރިން އެ ދޫކޮށްލީ. މަރުމޯލުން ކަހަލަ މީހުން ހިންގަން ލީމަ ވޭނެ ހައެތި ތިއޮތީވެފަ. ދެން މީޑިއާނެޓުން އެއުޅެނީ ރައްޔިތުން ފެލަން. ގާސިމާ އޭޑީކޭ ނާޝިދާ މެސްކޯ އަހުމަދާ ދެންވެސް ތިބިބަޔަކަށް މިހާރުވެސް މީޑިއާނެޓުން މިލިއަނުން ފއިސާ ލިބިމެންދާއިރު ވެސް ވޯލްޑުކަޕުން އަދިވެސް އެއުޅެނީ ނިކަމެތި ރައްޔިތުމީހާ ހަނާކޮށްލަން. ހިލާ އެހެންވިޔަކަ ނުދޭނަން. އެންމެ ފައިސާފޮއްޗެއްވެސް ހަރަދުނުކޮށް މިފަހަރު ވޯލްޑްކަޕް ބަލާނީ.
comment ބަރުބާދު އިބުރޭ
3 year 7 month ago
ބަލަގަ މީޑިއާ ނެޓޫ. އަހަރެމެން ދައްކާނަމޭ. ބޮޑު އިސްކިރީނުގަ ދައްކާނަމޭ. މުޅި ރައްޔިތުންނަށް ފެންނަގޮތަށް އިރުމަތީ އަވަށުގައި ބަހައްޓައިފިން. މީޑިއާނެޓު ކަނޑާލާއިރަށް ޖިއޯ ސިނަމާ އެޕުން ވީޕީއެން މެދުވެރިކޮށް އަޅުވާނަން. ނުހުއްޓުވޭނެ. ތިޔާހެން ހުއްޓުވަން ނޫޅޭ. ވޯލްޑުކަޕަކީ އަހަރެމްނެ އެންމެންގެ އެއްޗެއް. ވިޔަފާޜި ކުރަން ނޫޅޭތި.
comment ރެއްކަބޭ
3 year 7 month ago
މިވަނީ ވާނެގޮތް. މަޖްލިސް މެންބަރުން ރިޝްވަތުނަގައިގެން އެއްބަޔަކަށް ބްރޮޑްކާސްޓްކުރުމުގެ ހުއްދަ ދީފައިއޮތީ. މީޑިއާނެޓަކީ ރައްޔިތުންފެލާބައެއް. މިކަން އެބަޖެހޭ ހުއްޓުވަން. މިފަހަރު ބޮޑުސްކްރީނުގައި ވޯލްޑްކަޕް ނުދެއްކޭތޯ ވަރަށް ރީޗަށް އަންގާލަދޭނަން.
comment ނަސްރުއްލޯ
3 year 7 month ago
ދެއްކޭނެ. ދައްކާނަން ވެސްމެ. މިރަށުގައި މިހާރު 4 އަވަށުގައި ސްކްރީނު ބަހައްޓައިފިން. ކައުންސިލުން އެކަން ކުރީ ވެސް. ހުރިހާ ޒުވާނުން ބަލާނީ އެ ސްކްރީނުތަކުން. ރާއްޖޭގެ އެއާވޭވްސްގެ ތެރޭގައި ސިގްނަލް އުޅޭނަމަ އެއީ ރައްޔިތުންގެ ހައްގެއް. ބޮޑުއަގުގަ ސްޕޮންސަރު ނަގައިގެން އިތުރު ފައިދ=ސާހޯދަން ކިތަންމެ ވަރަށް އުޅުނަސް ތިކަމެއް ނުވާނެ، އެގިއްޖެ!
comment ޙަސަނީ
3 year 7 month ago
ވޯލްޑުކަޕު ދައްކަން އިސްކިރީނު ބަހައްޓާނީ ޚާއްސަތަންތަނުގަ. އާއްމުތަނެއް ނީންނާނެ.