ދިރާގުގެ ''މޯބައިލް ލެޖެންޑްސް'' މުބާރާތުގެ ފައިނަލް ހުކުރު ދުވަހު

--- ފޮޓޯ/ ދިރާގު

ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ "މޯބައިލް ލެޖެންޑްސް'' މުބާރާތުގެ ފައިނަލް އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.

އެ ފައިނަލުގައި ބައްދަލު ކުރާނީ 'ވިގަނި' ޓީމާއި، 'ސްލީޕިން ފޯރެސްޓު' ޓީމެވެ.

ޖުމްލަ އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލާއެކު ކުރިއަށްދާ، އީ ސްޕޯޓްސް މުބާރާތުގެ ފުރަތަމަ ހަތް ދުވަހުގެ މެޗުތައް ކުޅުނީ އޮންލައިކޮށެވެ. މުބާރާތުގެ މެޗުތައް ދިރާގުގެ ފޭސްބުކް ޕޭޖުންނާއި، ޔޫޓިއުބް ޗެނަލުން ލައިވް ކުރެއެވެ.

ދިރާގު ހެޑް އޮފީހުގައި އެ މުބާރާތުގެ ފައިނަލް ކުޅޭނީ، ޓީމްތަކުގެ އާއިލާގެ މެންބަރުންނާއެކު ލައިވްކޮށް މެޗުތައް ދެއްކުމާއެކު، ކުރިއަށްދާ ފޯރިގަދަ އިވެންޓަކާއެކުގައެވެ.

އެގޮތުން، އެއް ދުވަހުގެ ފީފާ މުބާރާތަކާއި، އެކިއެކި ވީއާރު ގޭމްތައް ވެސް ފައިނަލް ހިނގާ ވަގުތު ކުޅެވޭނެއެވެ. ފީފާ މުބާރާތުގެ ޗެމްޕިއަނަށް އިނާމެއްގެ ގޮތުން ދޭން ހަމަޖެހިފައިވަނީ ޕީއެސް-ފައިވް އެކެވެ.

އެ މުބާރާތުގައި ބައިވެރިވެވޭނީ 35 ޓީމަކަށެވެ. އޮންލައިންކޮށް މުބާރާތުގައި ބައިވެރިވުމަށް ހުށަހެޅޭނެއެވެ.

comment ކޮމެންޓް