Dhiraagu

މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހުން މަރުވެއްޖެ

ހދ. މަކުނުދޫގައި ބާރުގަދަ އެއްޗެއް ގޮވައި ދެ މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ADK GENERAl

ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ސަން އަށް ވިދާޅުވީ މަކުނުދޫގައި ނަރުދަމާގެ މަސައްކަތް ކުރަމުން ދިޔަ ސައިޓެއްގައި އެއްޗެއް ގޮވައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ދެ މީހުން މަރުވެފައިވާ ކަމުގެ އިތުރުން އެހެން ތަފްސީލެއް ފުލުހުން ނުދެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ސަން" ބުނީ ހަވީރު 4:15 ކަންހާއިރު އެ ރަށު ބަނދަރުމަތީގައި ހުންނަ މަސްމާރުކޭޓް ސަރަހައްދުން ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށެވެ. އަދި ބަނދަރުގެ އެކި ހިސާބުތަކުގައި ކުދިކުދި ވެފައިވާ އިންސާނެއްގެ ބައިތައް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

"ދަތްތައް ވެސް ހުރީ ވަކިން އެކި ހިސާބުތަކުގައި. އަޅުގަނޑު ވެސް ދެކުނިން މީހެއްގެ ކަށިކޮޅަކާއި މަސްކޮޅެއް. އެކި ހިސާބުތަކުގައި އެބަހުރި، ވަރަށް ދުރަށް ވެސް ވިއްސައިގެން ގޮސް އެބަހުރި. މީހެއް މަރުވެއްޖެކަން ޔަގީން،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މިހާދިސާގައި ގޮވާފައި ކަމަށް ލަފާ ކުުރެވެނީ ގޭސް ސިލިންޑަރެކެވެ. އެއީ ސިލިންޑަރެއްގެ ބައިތައް ވެސް ބުރައިގެން އައިސް ފައި ވަނިކޮށް ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޔަގީންކޮށް އެއްޗެއް ބުނަން އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބާރަށް ގޮވީ، މުޅި ރަށް ގުޑިގެން ދިޔައީ،" އެ މީހާ ކިޔައިދިނެވެ.

މަކުނުދޫ ކައުންސިލް މެންބަރު އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ އެ ދެ މީހުންނަކީ، އެ ރަށު އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތުގައި އުޅޭ ދެ ބިދޭސީން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން މިހާތަނަށް ޔަގީންވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

SONEE
comment ކޮމެންޓް

comment އޮރެންޖް

2 year 8 month ago

ގޭހުން ކެއްކުން ފޭސްއައުޓްކޮށް ކަރަންޓުއުނދުނަށް ބަދަލުކުރަންއެބަޖެހޭ. ގޭސްފުޅީގެ ސަބަބުން ވަރަށް ހާދިސާއެބަހިނގާ. އަވައްޓެރި ލަންކާގަވެސް.

reply އޮރެންޖްފްރެންޑް

2 year 8 month ago

އިންސާނާގެ އަގަށްވުރެ ކަރަންޓުގެ ހަރަދުބޮޑުކަމަށް ތަ ތިދެކެނީ އަނބު؟ ކަރަންޓުގެ ހަރަދަކީވެސް ކުޑަކުރަން އުޅެއްޖިއްޔާ ކުޑަކުރެވޭނެ އެއްޗެއް. ސަރުކާރުން ފެނަކައަށް އެދައްކާ ސަބްސަޑީގެ ބަދަލުގައި ކައްކަންދާބަޔަށް ގެއިން އެބައި ކަނޑާލިޔަސް މާރަނގަޅުވާނެ. އަދި ކަރަންޓު އުފައްދާ ގޮތްވެސް އެބަހުރި ތަފާތުގޮތްގޮތަށް. އަވިންވެސް ކަރަންޓު އުފައްދަނީ.

reply އަނބު

2 year 8 month ago

އޮރެންޖުގެ ހަރަދުގަ ކަރަންޓު ބިލް ދައްކައިދީ. އޭރުން ހުރިހާ ކަމެއް ކުރާނީ ކަރަންޓުން.

comment މުއުމިނު ޖިންނި

2 year 8 month ago

މިކަންކަމަށް ވަރަށްބޮޑަށް ބަލާގެންމިހާރު ވެއްޖެމިކަންކަން ކުރަން.. އިހަކަށްދުވަހު އެ ހދ. ކުޅުދޫފުށިން މިކަހަލަ ކަމެއް އެދިމާވީ ކަންކަން ކުރުމުގެ ކުރިން އެކަންކުރުމަށް ރައްކާތެރިގޮތް ހިޔާރުކުރުމާތޯ