ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 55 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ.
ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރު ފަސް ޓަނުގެ ކަދުުރު ވެސް މިއަދު ހަދިޔާކޮށްފައިވެއެވެ.
މި ދެ އެއްބަސްވުމުގައި ސޮއިކުރުމަށް ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައެވެ.

ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖެއަށް 5 ޓަނުގެ ކަދުރު ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
މި ދެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީއެވެ.
ސައުދީ އަރަބިއްޔާ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.
comment ޢަބްދުއްޞަމަދު
1 year 1 month ago
ހަދިޔާދެނީ އެގްރީމެންޓެއް ހަދާ ސޮއިކުރުވާފަތަ؟ ޝަހީމްމެން ތިމާގެ މޮޅުމަސަކަތްކަމަށް ދައްކަން ބޮޑުވަރެއްމީ. މިސަރުކާރު ހަވާލުވީއްސުރެ ކަދުރުކޮޅެއްހޯދަން ސައޫދީ ސަރުކާރާ އައީ ވާހަކަ ދައްކަމުން. އެންމެފަހުން ރަމަޟާން މަސްދެބައިވިފަހުން ސައޫދީސަރުކާރުން އެއްބަސްވީދެއްތޯ؟ އެހެންވެސް ލިޔެލިނަމަނޫންތޯ ޝަހީމްގެ މިއަގުހުރި މަސައްކަތް މީހުންބަލައިގަންނާނީ.
comment ޒިއު
1 year 1 month ago
ހާޒާ ކަދުރު
comment މަމެން
1 year 1 month ago
ތިޔަކަދުރުތައް ޕަލަސްދީނައް ހަދިޔާކުރަންފެނޭ
comment އަލިބެ....
1 year 1 month ago
ހުސްދޮގު. ތިޔަ ދީފަ ހުންނަތާ މަހެއްވަނީ! ބުނާނެ ރޯދަމަހު ދޮގު ނަހަދާށޭ.