މާލޭ ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިރޭ ބުނެފިއެވެ.
ސިޓީ ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ ކޭބަލްތައް ވަގަށް ނަގާފައިވަނީ ބުރިކޮށްލައިގެން ކަމަށެވެ.
މި މައްސަލަ ސަމާލު ކަމަށް އައީ އީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތް ގްރޫޕެއްގެ ސުޕަވައިޒަރަކު، ޖުމްހޫރީ މައިދާނުގައި ހުރި ބައެއް ލައިޓްތައް ނުދިއްލޭ ކަމަށް މޭޔަރު އާދަމް އާޒިމަށް އެންގުމުން، މޭޔަރު އެ ސަރަހައްދަށް ވަޑައިގެން ޗެކް ކުރެއްވުމުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގްރީންޒޯން ހިމެނޭ އެ ސަރަހައްދުން ވައްކަން ކުރުމުން، ސިޓީ ކައުންސިލްގެ އޮފިޝަލްވަނީ އެ ކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
މިދިޔަ ހޮނިހިރުދުވަހުގެ ރޭ، މާލޭ ފުޑް ކޯޓު ކައިރި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެއް ވެސްވަނީ ވަގަށް ނަގައިފައެވެ. އެއީ އިއްޒުއްދީން މަގު ފުޑް ކޯޓު ކައިރީ ރިންގް ރޯޑުގައި ޖަހާފައި ހުރި ބައްތިތަކުގެ ކޭބަލްތަކެވެ.
އެ މައްސަލަ ވެސް ސަމާލު ކަމަށް އައީ އެ ރޭ ބައްތިތައް ނުދިއްލިގެން ބެލުމުންނެވެ.
މީގެ އިތުރުން ހަމަ އެ ރޭ، ސިނަމާލޭ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ވެސް ބުރިކޮށްލައިގެން ވަގަށް ނަގާފައިވެއެވެ.
އެ ކަމާ ގުޅިގެން އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ގިނަ ދަތިތަކާ ދިމާވި ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ބުންޏެވެ. އެހެން ކަމުން އެ މައްސަލަ ވަނީ ވަރަށް އަވަހަށް ހައްލުކޮށްފައެވެ.
ވައްކަމުގެ މި ދެ މައްސަލަ ވެސް ސިޓީ ކައުންސިލުން ފުލުހަށް ހުށަހެޅިއެވެ.
ރާއްޖޭގައި ވައްކަމުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ.
އެ ގޮތުން ފުލުހުންނަށް މި އަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، ވައްކަމުގެ 1،678 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
comment ދދ
1 year 7 day ago
ސިޔާސީ މީހުންނަކީވެސް ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން އަބަދުވެސް! މިދިޔަ 15 އަހަރުގައި ސިޔާސީ ޤަބީލާ ހަދައިގެން ދައުލަތުގެ މާލިއްޔަތު އެގޮތް މިގޮތަށް ލޫޓުވާ ބޮޑެތި ލޯނު ނަގައި ގެން ރައްޔިތުންގެ ބޮލުގައި އެތަކެއް މިލިޔަން ރުފިޔާގެ ދަރަނި އަޅުވާ، ރައްޔިތުންގެ ދިރިއުޅުން ހަލާކުކޮށް، ބައިކޮޅަށް ކުޅޭ ބަޔެއް ސިޔާސީ މީހުންނަކީ، އެއްޓިމް ކުޅެލާފަ ދަނޑުމަތިން ފޭބީމާ އަނެއްޓީމް އަރާ ކުޑަކޮށް ދަނޑު ސާފުކޮށްގެން ހަމަ ބައިކޮޅަށް ކުޅެނަގަނީ!
comment 2024
1 year 1 week ago
ވަށައިގެން 24 އަވާސް ސިފައިންނާއި. ޕޮލިހުން ތިބޭތަނުގެ ހާލަތު ދެން؟.... ބޮއިހަލަކި
comment ސސ
1 year 1 week ago
ރޯމާ ދުވާލުގައިވެސް ވަގުން ވައްކަން ކުރުން !
comment މެސީ1
1 year 1 week ago
ކަރަންޓްދީފަ ބަހައްޓަބަލަ، އޭރުން ވަގު ތަތްލަވާނެތާ، ދެން ވާރިސުން ޕޮލިސްއައް މައްސަ ހުށައަޅާނެތާ، މިހެން ބުނާއިރައް ވަގުން އަރާ ކޮމެންޓް ކުރަންފަށާނެ
comment ސލހ
1 year 1 week ago
ޖަހާ ކޮންމެ އެއްޗެއް މިގޮތަށް ވަގަށް ނަގަންޏާ، ސަލާމަތެއް ނެތެއް ނުން. އަޅެ، ވައްކަން ނޫން އެހެން ކަމެއް ކުރާ ނަަމަވެސް ކޮންފަދ.
comment އެމެރިކާ
1 year 1 week ago
ކޭބަލަތަ ގަންނަ މީހުން އެބައުޅޭވީއްޔަ. ކިލޯ ކިރާފަ ބޭރަ ވިއްކަނީ.