ރަށެއްގެ ފަޅަށް ވަންނަން ރޭސް ޖެހި ލޯންޗުތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ، ރަށެއްގެ ފަޅަށް ވަނުމަށް ދެ ލޯންޗަކުން ރޭސް ޖަހާ މަންޒަރެވެ.
އެގޮތުން، އެއް ލޯންޗުގެ ދުވެލި ބާރުކޮށް، އަނެއް ލޯންޗަށް ވުރެ ކުރިން ފަޅަށް ވަންނަތަން ފެނެއެވެ. ދެ ލޯންޗް ފަޅަށް ވަނީ ވަރަށް ކައިރިކައިރިންނެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ވީޑިއޯއިން އެ ފެންނަ މަންޒަރަކީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އއ. އަތޮޅުގައި ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ދެ ލޯންޗު ޖެހި ނުރައްކާތެރި އެތައް އެކްސިޑެންޓެއް މީގެ ކުރިން ހިނގާފައި އެބަހުއްޓެވެ. އެފަދަ ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.
comment މެންދަން
7 month 6 day ago
ހަމައެކަނި ރޭސް ޖެހުމެއްނޫން. ފަރު ފަރު ކައިރީގަ މަޑުކޮށްގެން މަސްވެރިކަމުގަތިބޭ ކުދިކުދި އުޅަނދުފަހަރައްވެސް ބަލާނުލާ ކައިރިން ބާރުސްޕީދުގަ ދާމައްސަލަވެސް ބަލަންޖެހޭ.
comment ލލ
7 month 7 day ago
ކަންޑު ދަތުރު ކުރާއިރު އެކަތީ ރާޅުބާލީގެ ކައިރިޔަށް ވަނުމަކީ މަނާކަމެއް، އުފެދިފައި ހުންނަ ރާޅުބާނީގައި ޖެހި ލޯންޗު ބަންޑުންވެސް ޖަހާފާނެ ، ރާޅުބާނިޔާއި ކައިރު ނުކުރާންވާނެ !
comment މުހްތާރު
7 month 7 day ago
ތީމިއަދުބަލަންޖެހޭކަމެއް ވަރައްގިނަ ރައްރަށުގައި ތިކަން އެބަައޮްް ޢެދުއްވާ ކައްޕިއްނައް ނޭގެނީބާ އެތައްބަޔަކު ގޮވާގެން ދުއްވާއިރު ފަސިންޖަރުންގެ ރައްކާތެރިކަން ބަލަހައްޓަންޖެހޭނީ ކައްޕިން ނާއި ކުރޫއިންކަން.....