Ooredoo
Ooredoo

އަމާޒަކީ މި އަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމުން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ފުށިދިއްގަރު ފަޅުގައި ހަދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުން: އެމަނިކުފާނު ވަނީ މިއަހަރު ނިޔަލަށް ރަސްމާލެ ހިއްކައި ނިންމުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ އުންމީދީ، ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

ADK GENERAl

ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަޝްރޫއު، ދިމާވި ގިނަ ދަތިތަކަށް ފަހުގައި މިހާރު ކުރިއަށްދާ ކަމަށެވެ.

ދިމާވި ތަފާތު ދަތިތަކާ އެކުވެސް، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކުން ނިންމައި، 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި މަގުހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން ރައީސް ޑރ. މުޙައްމަދު މުއިއްޒު

ފުށިދިއްގަރު ފަޅު ހިއްކަން ފެށުން: ރައީސް ވިދާޅުވީ، 2026 ވަނަ އަހަރު ރަސްމާލޭގައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ވިދާޅުވީ އުންމީދަކީ ރަސްމާލެ ހިއްކުން މި އަހަރުގެ ނިޔަލަށް ނިންމައި އަންނަ އަހަރު އަސާސީ ޚިދުމަތްތައް ގާއިމްކުރުން ކަމަށެވެ.

މިދިޔަ މަހުގެ ފަސްވަަނަ ދުވަހުކ. ގުޅިއަށް ވަޑައިގެން އެމަނިކުފާނު ވަނީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރު ގެނެސްގެން އެ މަސައްކަތް ހަލުވި ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18 ގައި އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ.

އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެކުގައެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތްކުރަނީ: މެދުކެނޑުމަކަށް ފަހު އެ ތަން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައި -- ފޮޓޯ/ އެޗްޑީސީ

ސަރުކާރުން ބޭނުންވީ ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާށެވެ. ފަހުން އެ މަސައްކަތް ހަވާލުކުރީ އިންޑިއާ އަދި ޗައިނާގެ ކުންފުނިތަކަކަށެވެ. އޭގެ ފަހުން މިދިޔަ ނޮވެންބަރުގައި އަނެއްކާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއެވެ.

ރަސްމާލެ މަޝްރޫއަށް މި އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުން އޮތީ ޕްލޭންކޮށްފައެވެ. އަދި 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރާވާފައިވެއެވެ.

މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ. އެއީ އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް، އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް ބުނެއެވެ.

Redstar
comment ކޮމެންޓް

comment ޝަފް

5 month 2 day ago

ހިއްކާފަ ހުރިތަންތަން ތަރައްގީ ނުކޮއް އަދިވެސް ތަންތަން ހިއްކުމުގައި ހިކުމަތެއް ނެތެވެ. އަމްދުން މިއަދުގެ ބޮޑުވެފައިވާ ދަރަނީގެ ހާލަތުގައި، ތަރައްގީ ކުރާނެ ފައިސާއެއްނެތި އަދިވެސް ބިން ހިއްކުމުގައި އުޅުމަކީ އިގްތިސޯދީ ހަމައެއް ނޫނެވެ. މިހާރުވެސް އެއޮތީ ގުޅިފަޅު، ތިލަފުށި އަދި މިނޫންވެސް އެތަށް ރަށެއްގައި ހިއްކާފަ ހުރި ބިންތަށް. އެއިން ކިތަށް ޕަސެންޓުތޯ ތަރައްގީ ކުރެވި ބޭނުން ކުރެވެން ފެށިފަވަނީ. އަދި ކޮބާތޯ ގުދުރަތީގޮތުން އެއްވެސް ފައިސާ އެއް ޚަރަދު ކުރަން ނުޖެހި ހިކިފައި ތިބި ރާއްޖޭގެ ބޮޑެތި ރަށަތައް. އެތަންތަނުން ރަނގަޅު ރަށެއް ތަރައްގީ ކުރެވިއްޖެތޯ.؟ ވީމާ ގައުމުގައި ތަރައްގީގެ ހަތުދަނާ މިސްރާބެއް ނެތިކަން މިދަނީ އެބަ ޔަގީންވޭނޫންތޯ.؟

comment ނިއު

5 month 3 day ago

ރަސްމާލެއަކީ މިވަގުތަށް އެއްވެސް ބޭނުމެއް ނެތް ބޮޑު ޚަރަދުގަނޑެއް. މިއަދު ރަސްމާލެ ހިއްކައިގެން އެންމެ ލޯލާރިއެއްވެސް ނުލިބޭނެ. އެތަނަށް މީހުން ވަޒަންވެރިވެސް ނުކުރެވޭނެ އަދި އަހަރުތަކަކުން މެނުވީ. އެކަމަކު މިއަދުވެސް ވެލާނާ އެޔާޕޯޓުގެ ޓާރމިނަލް ހުޅުވާފިކަމުގައިވާނަމަ ވަގުތުން އިތުރުފައިސާ ދައުލަތަށް ވަންނަން ފަށާނެ. ވީމާ ތަރުތީބު އޮޅުވާލައިގެން މިގޮތަށްހާލަތާއި ނުގުޅޭ މަޝްރޫތަށް އަވަސްކޮއްގެން އުޅެނީ އޭގެ ފަހަތުގައި ބޮޑެތި ކަންތަށްތަކެއް ހުރީމައެވެ.

comment އެދުރުބެ

5 month 3 day ago

އެމް.ޓީ.ސީ.ސީ ގެވެރިން އެބަޖެހޭ ބަދަލުކޮށްލަން މިހެން މިދެންނެވީ ގިނަސައިޓް ތަކުގައި ވަލި ނޫނީ ހިލަ ނޫނީ ސިމެން މިހެންގޮސް މަސައްކަތްހުއްޓި ކުންފުންޏައް ގިނަ ގެއްލުންވަމުންދާތަން ފެންނަނީ

comment އަލިބެ

5 month 3 day ago

މުއިއްޒުއެވެ. އެމް.ޓީ.ސީ.ސީ ގެ ގިނަ ސައިޓްތައްވަނީ ކޮމްމެވެސް ސަބަބަކާހުރެ މަސައްކަތްތައް ހުއްޓި ކުންފުންޏައް ގިނަގެއްލުން ތަކެއްވަމުން ދާކަން ފާހަގަކުރަމެވެ . ކުންފުނީގެ ސައިޓްތަކުގައި މސައްކަތް ހުއްޓި މުވައްޒަފުން ކުރާނެ ކަމެއްނެތިފައި ތިބޭތަންފެނޭ މިގޮތުން އދ. މަންދޫ އއ. ފެރިދޫ އއ. މާޅޮސް ސައިޓް ހިމެނޭކަން ފާހަގަކުރަމެވެ .

comment ޢަުހުމަދު

5 month 3 day ago

ޜަޢިސް ތި ރަސްމާލެ އަޅުގަނޑު މެން ބޭނުމެއްނޫން…ހިއްކަން ފާށާފައިވާ ގުޅިފަޅު ގިރާވަރުފަޅު އަދި ހުޅުމާލެ ނިންމަދެއްވަބަލަ ފުރަތަމަ.. މި ވަގުތުވެސް އަޅުގަނޑަށް ގޯތިލިބިފައި އިނީ ގުޅިފަޅު ކަނޑު އަޑިން!!