Dhiraagu
Ooredoo

ހިލޭ ޑިގުރީއަށް 6 އަހަރު: ޞާލިޙް ވިދާޅުވީ އެންމެ ފަޚުރުވެރިވާ އެއް ކާމިޔާބީ ކަމަށް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު: ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެމަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރެވުނު އެންމެ ފަޚުރުވެރި އެއް ކާމިޔާބީ ކަމަށް -- ފޮޓޯ/ އެމްޑީޕީ

މީގެ ހަ އަހަރު ކުރިން، މިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި ހިލޭ ޑިގުރީ ޕްރޮގްރާމަކީ އެ މަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރެވުނު އެންމެ ފަޚުރުވެރި އެއް ކާމިޔާބީ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ADK GENERAl

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޞާލިޙު ވިދާޅުވީ، މީގެ ހަ އަހަރު ކުރިން، މި ދުވަހު ހިލޭ ޑިގުރީ ސްކީމު އިފުތިތާހުކުރީ ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވައިދިނުމުގެ ގޮތުން ކަމަށެވެ. އެއީ އޭރު ރައީސުލްޖުމްޙޫރިއްޔާގެ ހައިސިއްޔަތުން އެ މަނިކުފާނަށް ލިބުނު އެންމެ ފަޚުރުވެރި އެއް ކާމިޔާބީ ކަމަށް ޞާލިހު ވިދާޅުވިއެވެ.

ފަސް އަަހަރުގެ ދައުރެއް ނިންމަވާލައްވައި އޮފީހުން ނުކުމެވަޑައިގަތްއިރު 18،000 އަށްވުރެ ގިނަ ދިވެހި ޒުވާނުން ޑިގުރީއަށް ނަން ނޯޓްކޮށްފައިވާ ކަމަށާއި، އެ ޕްރޮގްރާމްގެ ދަށުން 8،500 ޒުވާނުން ފުރަތަމަ ޑިގުރީ ފުރިހަމަކޮށްފައިވާ ކަމަށް ޞާލިޙު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ތަޢުލީމަކީ ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއަށް ދިއުމުގެ ފުރުސަތުތައް ހުޅުވި، ވަކިން ޚާއްސަކޮށް ގައުމު ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ހުޅުވިގެންދާ ކަމެއް ކަމަށެވެ. އެ ޕްރޮގްރާމުގެ ކާމިޔާބީއަކީ އެކަމުގެ ހެއްކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގިނަ ދަރިވަރުންތަކެއް އަންނަނީ އެ ސްކީމަކީ ވަަރަށް ބޭނުންތެރި ސްކީމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ.

ނަމަވެސް، ވެރިކަން ބަދަލުވެ، މިހާރުގެ ސަރުކާރު އައުމާ އެކު އެ ސްކީމަށް ބޮޑެތި ފާޑުކިޔުންތަކަކާއި ތުހުމަތުތަކެއް އަމާޒުވިއެވެ.

އެގޮތުން، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބާރާހީމް ޝުޖާއު ވަނީ ހިލޭ ޑިގުރީ ޕްރޮގްރާމަކީ 'ސްކޭމް'އެއް ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ. އަދި، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓްކުރުމުގެ ނަމުގައި ހިންގާފައިވަނީ ކޮންކަހަލަ ޖަރީމާތަކެއްތޯ ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ހިލޭ ޑިގުރީ ޕްރޮގްރާމަކީ 'ސްކޭމް'އެއް ނޫން ކަމަށާއި، އެއީ ޒުވާނުންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށް އެމްޑީޕީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

Redstar
comment ކޮމެންޓް

comment އަފީފާ

3 month 2 week ago

ރަނގަޅު ވާހަކަ އެއްތި. ބަސްދަތުރު ވެސް ވަރަށް ކާމިޔާބު. ރައްޔަތުންގެ ޖީބަށް ވަރަށް ލުއިވި ކަމެއް. ވަރަށް ބަރާބަރު ހިދުމަތެއް. ހަގިގަތައް ވާ ހަކަ ދައްކަންޖެހޭ ނީ.

comment ސލހ

3 month 2 week ago

ކާމިޔާބަށް ވުރެއް ނާކާމިޔާބު ގިނަ މީހެއް ތިއީ.

comment ސލގ

3 month 2 week ago

ކާމިޔާބިއަށް ވުރެއް ނާކާމިޔާބީ ގިނަ. އެއް ޖިންސުން ގުޅުން ހިންގި ބައެއް މީހުންނަށް މާފް ދިނުން. ބޮޑު ފެއިލިއަރ އެއް. ޓޫރިޒަމް މިނިސްޓްރީގެ އަންހެނުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި ޢަލީ ވަހީދު ހައްޔަރު ނުކުރެވުން.