Ooredoo
Ooredoo

އެމްޑީޕީއަށް ތާއީދުކުރާ ވެމްކޯ ދެ މުވައްޒަފުން ވަކިކުރުމުން އަޒާނާއި ފައްޔާޒު އެ ކަން ކުށްވެރިކުރައްވައިފި

(ކ) އަފްޒަލް، ޝާހިދާ ސަލާން ކުރަނީ. (ވ) މޫސާ މުޙައްމަދު އެމްޑީޕީ ޕޯޑިއަމްގައި ގުރުއާން ކިޔަވަނީ --

އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ ދެ މީހަކު، އެ މީހުން ވެމްކޯގައި އަދައިކުރަމުން އައި ވަޒީފާއިން ވަކިކުރުމާއެކު އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެ ކަން މިރޭ ކުށްވެރިކުރައްވައިފިއެވެ.

Ooredoo

ވަޒީފާއިން ވަކިކުރި އެކަކީ ސ. ހިތަދޫ، ވީނަސްވިލާ މުޙައްމަދު އަފްޒަލެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި، ޝާހިދަށް މަރުހަބާ ކިޔަން ސަފެއްގައި ސަލާން ކުރަން ހުންނަ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

ދެން ވަޒީފާއިން ވަކިކޮށްފައިވަނީ މެނޭޖަރުކަން ކުރަމުން އައި ސ. ހިތަދޫ، ބޮޑުގަލުގެ މޫސާ މުޙައްމަދެވެ. އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ގުރުއާން ކިޔަވައިފައެވެ.

މި ކަމާ ގުޅިގެން ފައްޔާޒު ކުރެއްވި ޕޯސްޓުގައިވަނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މާދަމާ މޭ ޑޭ ފާހަގަކުރާއިރު މިވަގުތު މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އެބައޮތް ކަމަށެވެ.

"ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން މީހުން ވަކިކުރަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތުމާ ދެކޮޅަށް މާދަމާ މުޅި ރާއްޖޭގައި އަޑު އުފުލުމަށް އެންމެހާ މަސައްކަތްތެރިންނަށް ގޮވާލަން،" ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީން ވެސް ވަނީ ދެ މީހުން ވަޒީފާއިން ވަކިކުރުމުން އެ ކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވެސް ވަނީ މާދަމާ އިހުތިޖާޖަށް ނިކުންނަން ގޮވައިލައިފައެވެ.

މީގެ އިތުރުން ސަރުކާރަށް ނިސްބަތްވާ އަޒާން ވިދާޅުވީ މޫސާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައާއި ރަށު ތެރޭގައި "ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް" ވާހަކަ ދައްކާކަމަށް ބުނެ ކަމަށެވެ.

އޭނާ ވަނީ އެހެން އެ ކަން ނުކުރެވޭނެ ކަމަށާއި، ޤާނޫނާއި ޚިލާފަށް މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު ނޭޅުމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ނަސޭހަތްތެރިވާކަމަށް ވިދާޅުވެފައެވެ.

ސިޔާސީ ފިކުރަށް ބަލައި ތަފާތުނުކުރާނެކަމަށާއި، ވަޒީފާދީ، ވަކިނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ތަފާތުކުރުން ގެންގުޅޭކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން އެމްޑީޕީން އަންނަނީ ފާޅުކުރަމުންނެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް މި ފަދަ ކަންކަން ހިނގައިފައިވެއެވެ.

SONEE
comment ކޮމެންޓް

comment ވ

2 month 3 week ago

މޑޕ މީހަކު ވަޒީފާއިން ވަކިކުރިކަމަށް ބުނެ ފަތުރަނީ ދޮގެއް

comment ބައްޔާ

2 month 3 week ago

ތިކަމަކީ ހުރިހާސަރުކާރަކުންވެސްކުރިކަމެއް މައުމޫނު، ނަޝީދު، ޔާމީނު، އިބުރާހީމު އަދި މުއިއްޒުވެސް.

comment ހަސަން

2 month 3 week ago

މިކަން ނުކުރާ ަޔެއްތަ ފަޔާޒުމެންނަކީ..

comment ޢަހްމަދު

2 month 3 week ago

މުއައްޒަފުން ވަކިކުރުން ގޯސް ، އެކަމަކު ފައްޔާޒް މެންނަކަށް މިކަމާ ވާހަކަ ނުދެއްކޭނެ ، އެމްޑީޕީ ވެރިކަމަކީ އެންމެގިނައިން މުއައްޒަފުންނަށް ސިޔާސީ ގޮތުން އިންޒާރުދީ ބިރުދައްކާ އަދި މުއައްޒަފުން ވަކިކުރި ވެރިކަން،

comment ރާމްބޯ

2 month 3 week ago

ސީދާ ފައްޔާޒު ގެ އޯޑަރަށް މިދިޔަވެރިކަމުގަ އައިސް ޕީޕީއެމް ކުދިން ހޯދާފަ ހަމަ އެހެން ހެދީ. އެއްގޮތަކަށް ވެސް ކަމުދާ ސިސްޓަމެއްނޫނޭ މިބުނަނީ އެހެންވެ. ދެން ފައްޔާޒު ފެކްޝަން ނޫންމީހުންނަށް ޖެއްސުން ކުރީ ވެރިކަންނިމެންދެންވެސް. މާ ތާހިރެއްނޫން ދޯ އަނގަ ގަދަ ކުރާކަށް

comment ރަނާ

2 month 3 week ago

ފައްޔާޒުމެން ވާހަކަދައްކަނީ ލަދު ހަޔާތް މަދު ކަމުން އެމީހުންގެ ވެރިކަމުގަ ކަންތައް ކުރީ ކިހިނެއްބާ. މަމެންގޯތި ސޮރަކު ވަކިކުރި ފެން ކުންފުނިން އިބޫއަށް ވެރިކަން ލިބުމާ އެކު ގިނަ ދުވަހެއް ނުވެ. ޔާމީނަށް ކެމްޕޭނު ކޮށްދިނީއޭ ކިޔާފަ. ކަލޭމެންގެ ވެރިކަމުގަ ނުކުރާ ކަމެއް އެހެން ބަޔަކަށް ނުކުރެވޭނެ. އިދިކޮޅު ޕާޓީގެ ގިނަ ބަޔަކު ތިބައިމޯހުންގެ ވެތިކަމުގައިވެސް ވަނީ ވަޒީފާއިން ވަކި ކޮށްފަ.

comment ޢަލާއު

2 month 3 week ago

މާލަސްވެސް ވެއްޖެ ވަކިކުރަން،

comment ޙުށޭނު

2 month 3 week ago

ސިޔާސީ ފިކުރުވީމަ ހެޔޮ ދޯ ޤައުމެއްގެ ރައީސުލް ޖުމްހޫރިއްޔާއަށް ސާބިތު ހެކި ނެތި ދީނީ ފުރައްސާދަ ފާޅުގަ ކުރަމުން ދުވިޔަސް؟ ދުވާލު ދެދަޅަޔަށް ޤުރުއާން ކިޔަވަމުން ދުވިޔަކަސް ނުވާނެ.. ތިމާގެ ދުރޫސުލް އަޙްލާޤު ހުންނަން ޖެހޭނެ!!

comment ޙުށޭނު

2 month 3 week ago

ބުނަން ވާހަކަ އެއް؟ ސިޔާސީ ފިކުރަކީ ސިޔާސީ ފިކުރު! މި ސަރުކާރުން އިތުބާރުކޮށްފަ ވަޒީފާ ދަމަހައްޓާފަ ހުރީ އިތުބާރެއް ކޮށްފަ ޒިންމާ ދާރު މަޤާމެއްގަ! ނުޖެހޭ ފާޅުގަ ގޮސް އިދިކިޅުސަފަށް ވަދެ ހުންނާކަށް.. ސަރުކާރު އައީމަ ފާޅުގަ ނުކުންނާނީ! ފަސާދަ ވާހަކަ ނުދައްކާ! ޤުރުއާން ކިޔެވިޔަސް ޚަތިމް ކުރިޔަސް މީހުން ކުރިމަތީ ޤަދަރެއް ލިބޭނީ ތިމާގެ މަޤާމުގަ ހައިބަތު ބެހެއްޓީމަ.. މީ މަ ބުނާ ތަންކޮޅު! ފައްޔާޒުއާ ޝާހިދާ އަންނާނެ ކަލޭމެންގެ ދަރީންނަށް ކާންދީ ބޯންދޭން.. ތިމަންނާ ޕާޓީގެ ހޭންޑް ޝޭކާ އާ ޤުރުއާން ކިޔަވަން ހުންނަ ކުދިންނޭތީ ކިޔާފަ!!