މަޝްހޫރު ފުޓުބޯޅަ ކޯޗު އިހްސާން ޢަބްދުލްޣަނީ (ސާންތި) މިރޭ ނިޔާވެއްޖެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސާންތި ނިޔާވީ މިރޭގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.
އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ފާއިތުވި ދެ އަހަރެއްހައި ދުވަހު ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސާންތިއަކީ ކްލަބް އީގަލްސަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރި ކޯޗެކެވެ. އެންމެ ފަހުން ސާންތި ފެނިފައިވަނީ ވެސް މީގެ ދެ އަހަރެއްހައި ދުވަސްކުރިން ކްލަބް އީގަލްސްގެ ކޯޗުގެ ގޮތުގައެވެ.
ނަމަވެސް އެއިރު ވެސް ސާންތިގެ ސިއްހީ ހާލު ހުރި ގޮތުން އޮޕަރޭޝަނެއް ކުރުމަށް ޓަކައި ވަގުތީގޮތުން އެ ކްލަބުގެ ކޯޗުކަން މުހައްމަދު ޝިޔާޒް (މޯހަން)އަށް 2023ވަނަ އަހަރުގެ ޖޫން މަހު ހަވާލުކުރިއެވެ.
ކްލަބު އީގަލްސްގެ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެކަކީ ސާންތިއެވެ.
މީގެ އިތުރުން އެކި އުމުރުފުރާތަކުގެ ގައުމީ ފުޓުބޯޅަ ޓީމުތަކުގެ އެސިސްޓަންޓު ކޯޗުކަމާއި، ކޯޗުކަން ކުރެއްވި ސާންތި ވަނީ މެދުނުކެނޑި އަށް އަހަރު ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށްފައެވެ.
އެއާއެކު ސާންތި އަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު އެސިސްޓެންޓު ކޯޗެކެވެ.
comment ޏަ
1 month 1 week ago
މަރުހޫމް އަށް ދައިމީ ސު ވަރުގެ މިންވަރު ކުރައްވާށި
comment އަޅުގަނޑު
1 month 1 week ago
ވަރަށް ކުރީއްސުރެ ދަންނަން އެކަމަކު ފުރިހަމަ ނަންވެސް މި އެނގުނީ ނިޔާވީމަ. މުޅިންވެސް މި ކިޔަނީ ސާންތީ ސާންތީ. ހެޔޮނުވާނެ. ރަޙުމަތް ލައްވާށި.
comment ދފ
1 month 1 week ago
މާއްޔިތާގެ ފާފަފުއްސަވާ ރަހުމަލައްވާ، އާއިޔާޔަށް ކެއްތެރިކަން ދެއްވާށި، މޫމިން ތަކުންގެ ފާފަ ފުއްސަވާ ރަހުމަތް ލައްވާށި !
comment ا م
1 month 1 week ago
انا لله وانا اليه راجعون اللهم اغفر له وارحمه !
comment ކަމަނަ
1 month 2 week ago
މަރުހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެެރި ދަރަޖަ މިންވަރު ކުރައްވާށި! ޢާމީން.
comment ކަނީސާ
1 month 2 week ago
މަރުހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި!އާމީން.
comment ރަން ރީނދޫ
1 month 2 week ago
إنالله وإنا إليه راجعون اللهم اغفر له وارحمه وعافه واعف عنه وأكرم نزله ووسع مدخله واغسله بالماء والثلج والبرد ونقه من الذنوب والخطايا كما ينقى الثوب الأبيض من الدنس