މިސައިލް ބޯޓެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ

ތުރުކީން ރާއްޖެއަށް މިސައިލް ބޯޓެއް ހަދިޔާކުރަނީ -- ފޮޓޯ/ އޭއޭ ފޮޓޯ

މިސައިލް ފޮނުވުމުގެ ގާބިލުކަންހުރި މަނަވަރެއް (މިސައިލް ބޯޓެއް) ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.

ތުރުކީވިލާތުގެ ނޫހެއް ކަމަށްވާ 'ޓާކިޔޭ ޓުޑޭ'ގައި ބުނެފައިވަނީ TCG ވޮލްކަން (P-343)ގެ މިސައިލް ބޯޓެއް އެ ގައުމުން ރާއްޖެއަށް ހަދިޔާކުރަން އުޅޭ ކަމަށެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެ ނޫހުން ބުނީ، އެ ބޯޓު ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެއީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވަސީލަތް ފޯރުކޮށްދިނުމާއި އަސްކަރީ ތަމްރީނު ދިނުމާގުޅޭ އެއްބަސްވުމެކެވެ.

ތުރުކީން ރާއްޖެއަށް މިސައިލް ބޯޓެއް ހަދިޔާކުރަނީ -- ފޮޓޯ/ އޭއޭ ފޮޓޯ

ޓާކިޔޭ ޓުޑޭއިން ބުނެފައި ވަނީ، މި ހިނގާ އޭޕްރީލާއި ޖޫނާ ދޭތެރޭ އެ މިސައިލް ބޯޓު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކަމަށް ޓަކައި، އިސްތާމްބުލް ޝިޕްޔާޑު ކޮމާންޑުގައި އެ ބޯޓުގެ މަރާކާތުތަކެއް ކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެ ބޯޓު ރާއްޖެ ގެންނަނީ ކަނޑުމަގުން، ޑޮކްލޭންޑިން ބޯޓެއް މެދުވެރިކޮށެވެ.

އެއާއެކު ތުރުކީގެ ކަނޑުގެ ސިފައިންގެ ޓީމެއް ރާއްޖެ އައިސް، މިސައިލް ބޯޓު އެކްޓިވޭޓްކޮށްދޭނެ ކަމަށާއި، އެ މުޅި ޕްރޮސެސް ލަސްވެގެން އަންނަ ޖުލައިގައި ނިންމައިލެވޭނެ ކަމަށް ލަފާކުރެއެވެ.

އެ މިސައިލް ބޯޓުގައި މަސައްކަތްކުރާނެ ދިވެހި ސިފައިންނަށް މިދިޔަ ހޯމައިގައި ފެށި ތަމްރީނުތައް އަންނަ މަހުގެ ނުވައަކަށް ނިންމައިލުމަށް ވަނީ ނިންމައިފައެވެ. އަދި ފުރަތަމަ ދެ ހަފުތާގައި، ތުރުކީގެ އިންސްޓްރަކްޓަރުން އެ ބޯޓުގައި، ދިވެހި ސިފައިންނަށް އޮޕަރޭޝަނަލް ޓްރެއިނިން ދޭނެއެވެ.

ތުރުކީން ރާއްޖެއަށް މިސައިލް ބޯޓެއް ހަދިޔާކުރަނީ -- ފޮޓޯ/ އޭއޭ ފޮޓޯ

ޓީސީޖީ ވޮލްކަން (P-343)އަކީ 1981ވަނަ އަހަރު ތުރުކީވިލާތުން ބޭނުންކުރަން ފެށި އަސްކަރީ އުޅަނދެކެވެ. އޭގެ ފަހުން 2024ވަނަ އަހަރު އެ ބޯޓު ބޭނުންކުރަން ފެށީ ތަމްރީނުތަކަށެވެ.

ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް ތުރުކީވިލާތުން ވަނީ ދެ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) މިދިޔަ އަހަރު ގެނެސްފައެވެ. އެއާއެކު ވަނީ ސިފައިންގެ އެއާކޯގެ ޚިދުމަތް ވެސް ގާއިމްކޮށްފައެވެ.

https://sun.mv/189870

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް ތުރުކީވިލާތަށެވެ.

comment ކޮމެންޓް

comment އައްޔުބް

3 month 3 week ago

މިސއަިލް އެއްގެވެސް އަގު ބަލާލަބަލަ ތިގެނައުމުގެ ކުރިން. ޙަނގުރާމަޔަކަކަށް ނޫނީ ތަނަކަށް އަޅަންބަލާލިއަސް އެނެމެ އެއްޗަކުން ދޭއްޗަކުން ފުދޭތަ. މިވަގުތައް ރައްޔިތުންގެ ވައުދުތައް ފުދިއްޔާ މާމުހިއްމު.

comment މިސްރާބު

3 month 3 week ago

މިސައެލްގެ ޤާބިލްކަމާއި އަސްކަރީ ޤާބިލްކަމޭ ކިޔާ އިރު ، މިހާތަނަށް ސިޔާސީ ކަންކަމުގެ ތެރެއަށްވެސް ސިފައިން އަތްބޭނިކަން އެނގެން އޮބަ އޮތެވެ. ނުވީ ތާކަށް މިމީހުން ދެކޭގޮތުގައި ވެރިކަމުގައިވެސް ތިބެން ޖެހޭނީ އެމީހުން އެދޭ މީހެކެވެ. އަދި މިމީހުން ދަޢުލަތުގެ ފައިސާއިން އަގުބޮޑު ކާރާއި އެމީހުންގެ ޚަރަދު އިތިހާއަށް ބޮޑު މިކަމާއި އާއްމުން އިންތިހާއަށް ކަންބޮޑުވޭ

comment މަންނާރު

3 month 3 week ago

ތިގޮލާ ގެނެސްގެން ބެލެހެއްޓުމުގެ ޚަރަދު އިންތިހާއަށް ބޮޑުވާނެ. އިތުރަށް ގައުމު ދަރަނިވެރި ވެދާނެ. މަށަށް ފެންނަނީ ތިގޮލާ އިސްރޭލަށް ވިއްކާލާފަ ލާރިކޮޅު ގެންނަން. އޭރުން ރައީސްގެ ކޮންމެވެސް ވައުދެއް ފުއްދިދާނެ

comment ލާމު

3 month 3 week ago

"މިސައިލް ބޯޓް" ހެހެހެހެ. ސުރުޚީ އަޅާނެ ގޮތެއް ނޭނގިގެންދޯ. ދެން ހުރީ ބަޑި ބޯޓުދޯ އެހެންވީމަ.

comment ދަންފަތުރާ

3 month 3 week ago

މިވަގުތަށް ރާއްޖެއަށް ހަމަ ކޮންމެހެންވެސް ބޭނުންވެފައިވާ އެއްޗެއް ތީ. ބޯޓު އެކަންޏެއްނޫން. މިސައިލްވެސް ބޭނުންވާނެ. އަދި އެއީ އިޒްރޭލަށް ފޯރާވަރުގެ މިސައިލަށް ވާންޖެހޭނެ. އަހަރުމެންނަށްވެސް ވީވަރެއް ކުރަންވާނެތާ. ތަންތަނަށް ގޮސް ފޮނިވާހަކަ ދައްކާފަ އައިމަ ނުފުދޭނެ.

comment ޝަން

3 month 3 week ago

ހެޔޮ ނުވާނެ ދިވެހިން ލައްވާ މިސޭލު ތަންތަނަށް އަމާޒު ކުރުވަން. މިއީ ހެލިކަޕްޓަރުގަނޑެއް ދުއްވައި ބަލަހައްޓަން އެނގޭ އަސްކަރިއްޔާއެއް އޮތް ތަނެއްނޫން. މިވެރިން އަތަށް މިސޭލު އަމާޒަށް ފޮނުވާ ހަތިޔާރު ދީގެން މިވެރިން ފަރިތަކުރަން ފޮނުވާލާ މިސޭލު ގޮސް މިތާކާރީގައި ދުއްވާ ކުރޫޒް ލައިނާއަކަށްވެސް އަރާފާނެ. ދެން އެފަދަ ބޯޓެއްގައި ތިބޭއެތަކެެއް ބަޔެއްގެ މަރުގެ ޒިންމާ ދިވެހިންނަށް ނަގަން ޖެހި އެންމެފަހުން ދިވެހިންނާއި ހަނގުރާމަ ކުރަން ބޭރު ގައުމުތަކުން އިއުލާން ކޮއްފާނެ. ފުރަތަމަ މިތާގަތިބޭ ސަލާމަތީ ބާރުތަކޭ ކިޔާފަ ތިބޭ މީހުންނަކީ އިންޓެގުރިޓީ ހުރި ރަނގަޅު ޕުރޮފެޝަނަލް ބަޔަކަށް ހަދާށެވެ.

comment ސަމީޏް

3 month 3 week ago

ތީތި ތިގެންނަނީ ޑައިވްސައިޓަށް ފައްތަން؟ 19981ގެ އެއްޗެއް 2025ވަނަ އަހަރު އަހަރުމެންނަށް ދިނުން ތިއީ އާދައިގެކަމެއްނޫން!

comment ބެރީ

3 month 3 week ago

ޑިއެގޯގާސިއާ އާ އެންމެ ކާރިގަ އޮތީ ރާއްޖެ. ޑިއެގޯގާސިއާ އަކީ ފަތަހަކުރަންޖެހިފައިވާ ތަނެއް. ނަސްރަކީ ﷲ ދެއްވާއެއްޗެއް. ހަގުރާމައެއް ފެށިއްޖިއްޔާ ރާއްޖެއަކީ ކުޑަވިޔަސް އިސްލާމީ އުއްމަތުގެ ބައެއް. ރާއްޖެ ކުޑަވުމަކީ އަހަރުމެންގެ ހިތްވަރު އެއްލާލަންވީ ކަމެއް ނޫން.

reply ޒަމް

3 month 3 week ago

ހިނގާ ލަންކާ ފަތަކުރަމާ.. އެތަން ދިއޭގޯ ގާސީއަށްވުރެ ބޮޑުވާނެ.