މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި 10 ނަމެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ނަންތައް ހުށަހަޅައިފައެވެ.
އެ ނަންތަކަކީ:
- އައިމިނަތު ޝިޔާނާ، މ. ފަތަހަ
- އިބްރާހިމް އަޝްރަފަ، ވ. މަށިވެލި
- މޫސާ ރިލްވާން، މ. ހާވިލާ
- އަލީ ޔޫސުފް ބާރަނާ، ޅ. ހިންނަވަރު
- ޒީނާ ޒާހިރު، އަތިރީގެ، ގދ. ގައްދޫ
- އަހުމަދު ޒާހިރު، ހ. ސަންދަލީގެ
- ޒަމްއަތު އަހުމަދު ވަހީދު، މަލަ، ގދ. ތިނަދޫ
- މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ
- ޝިމްލާ މުހައްމަދު، އާސްޓްރަލްގެ، ސ. ހިތަދޫ
- ފާތިމަތު ޒައީމާ، އޯކިޑުމާގެ، ށ. ފީވަކު

ބްރޯޑްކާސްޓިން ކޮމިޝަންގެ ބައެއް މެންބަރުން ---
މީގެ ތެރޭގައި މި ސަރުކާރުގައި ފުރަތަމަ ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި ޒީނާ ވެސް ހިމެނެއެވެ. ނަމަވެސް، ޒީނާގެ ނަން އިނީ ރައީސް އިސްކަންދެއްވާ ތަރުތީބު ލިސްޓުގެ ފަސްވަނައިގައެވެ.
މި 10 ބޭފުޅުންގެ ތެރެއިން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު ކަނޑަޅާނީ، އެ ބޭފުޅުން އިންޓަވިއުކުރުމަށް ފަހު، ކޮމިޓީން ޝަރުތު ހަމަވާ އަދި ގާބިލު މީހެއްކަމަށް ކަނޑައަޅާ މީހެކެވެ. އެއަށް ފަހު ރުހުން ދޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސަކަށް މީގެ ކުރިން ހުންނެވި މުހައްމަދު ފަޒީން މިދިޔަ މަހުގެ 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ވަނީ އެ ކޮމިޝަނުގެ މެންބަރު، ޝިފްލާ އިބްރާހީމް އައްޔަންކޮށްފައެވެ.
އެ ކޮމިޝަނުގައި މިވަގުތު ތިއްބެވީ ހަ މެންބަރުންނެވެ. އެއީ، އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމާއި، ސޮފާ ޝަފީގު، މުހައްމަދު އަބްދުﷲ އާއި އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތުއެވެ.