ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރެއް އެކުލަވާލަނީ

މީހަކު ގުރުއާން ކިޔަވަނީ: ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރެއް އެކުލަވާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކީރިތި ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ފަށައިފިއެވެ.

އެ މަރުކަޒުން ބުނީ، ރާއްޖޭގައި ހިންގާ ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރެއް އެކުލަވާލައިގެން ބެލެހެއްޓުމަކީ އެ މަރުކަޒުގެ މެންޑޭޓުގައި ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ.

އެހެންވެ، ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުން ފޯމު ފުރުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ. ފޯމު ފުރުމުގެ ސުންގަޑިއަކީ އަންނަ މެއި ފަހެއްވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިއެވެ.

އެ ފޯމު ހުށަހަޅާ ކުލާސްތަކަށް އުސޫލެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ވަނީ ނިންމާފައެވެ.

https://sun.mv/204892

ފާހަގަކޮށްލެވޭ ގޮތުގައި، އިސްލާމިކް މިނިސްޓްރީން ވަނީ އަންނަ މަހު ނުވަ ރަށެއްގައި ގުރުއާން ހިތުދަސް ކުރުމުގެ މަޝްރޫއުތައް ފެށުމަށް ނިންމާފައެވެ. އެއީ، ހއ. ދިއްދޫއާއި ދ. ކުޑަހުވަދޫއާއި އއ. ފެރިދޫއާއި ރ. އުނގުފާރާއި ގދ. ތިނަދޫއާއި ލ. ގަމާއި ސ. ހިތަދޫއާއި ހދ. ކުޅުދުށްފުށީގެ އިތުރުން ބ. އޭދަފުށީގައެވެ.

މިނިސްޓްރީން ވަނީ ގުރުއާން ހިތުދަސްކުރާ ކުދިން އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ވެސް ފަށާފައެވެ.

comment ކޮމެންޓް