ކުއާޒޯ މުބާރާތް: ނިންމުގެ ރަސްމިއްޔާތަށް ސިޔާމް ކެނދިކުޅުދުއަށް

ސިޔާމް ކެނދިކުޅުދުއަށް ވަޑައިގަތުން: ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެ -- ސަން ފޮޓޯ

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙުމަދު ސިޔާމް މުޙައްމަދު ނ. ކެނދިކުޅުދުއަށް ވަޑައިގެންފިއެވެ.

ސިޔާމް މިއަދު ހަވީރު ކެނދިޅުކުދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ ސިޔާމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެގޮތުން ރަތް ދޫލަ އަޅައި، ކޯޑީގެ ހަރަކާތެއް ވެސް ކުރިއަށްގެންގޮސްފައިވެއެވެ.

ސިޔާމް ކެނދިކުޅުދުއަށް ވަޑައިގަތުން: ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެ -- ސަން ފޮޓޯ

ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. އެ މެޗުގައި ވާދަކުރާނީ، މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ވިންޑް ވޯރިއޯސް އެސްސީއާއި މިދިޔަ އަހަރުގެ ރަނަރަޕް ޓީމް ނައިފަރު ޗެލްސީ އެސްސީ އެވެ.

ކެނދިކުޅުދޫން ސިޔާމަށް ހޫނު މަރުހަބާއެއް: ސިޔާމް ވަޑައިގަތީ، ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތަށް -- ސަން ފޮޓޯ

ފައިނަލް މެޗުގެ ލައިވް ކަވަރޭޖް އެސްއެސް ޓީވީގެ ޔޫޓިއުބް ޗެނަލާއި ފޭސްބުކް ޕޭޖުން ލައިވް ކުރާނެވެ.

comment ކޮމެންޓް