މުޅީން އާ ޕްރޮޑަކްޝަނަކުން އާ ފިލްމެއް

ރާއްޖޭގެ ފިލްމު އިންޑަސްޓްރީއިން މީގެ ކުރީން ފެނިގެން ގޮސްފައި ނުވާ ޕްރޮޑަކްޝަނެއްގެ ފަރާތުން ފުރަތަމަ ފަހަރަށް ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ކްރިއޭޓިވް ނެޓްވޯކް ނަމަކަށް ކިޔާ ސްޓޫޑިއޯއަކުން އަންނަނީ އެ ކުންފުނީގެ ފުރަތަމަ އުފެއްދުން ރިލީޒްކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕްރޮޑަކްޝަނުން އުފައްދާ ފުރަތަމަ އުފެއްދުމުގެ ޓީޒަރެއް ވެސް ވަނީ ދާދިފަހުން އާންމުކޮށްފައެވެ.

އަލަށް އާންމުކޮށްފައިވާ ޓީޒަރުން ފެނިގެންދަނީ އަންހެނެއް ފިޔަވަޅު އަޅާ މަންޒަރެވެ. އެއަށްފަހު އެނގިގެންދަނީ މިއީ ވަރަށް އަވަހަށް އާންމުންނަށް ފެންނާނެ އުފެއްދުމެއް ކަމެވެ. ނަމަވެސް އޭގެ އިތުރުން ޕްރޮޖެކްޓާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް އާންމުކޮށްފައެއް ނުވެއެވެ.

ޓީޒަރުން އެނގިގެންދާ އިތުރު މައުލޫމާތަކީ މި ޕްރޮޖެކްޓަކީ ސިނަމާއަށް ނެރޭނެ ޕްރޮޖެކްޓެއް ކަމެވެ. ނަމަވެސް އެއަށްފަހު މި ޕްރޮޖެކްޓުގެ މާ ގިނަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މި ޕްރޮޖެކްޓު އަދި ޕްރޮޑަކްޝަންގެ ފަހަތުގައި ތިބި ބައެއްގެ އިތުރު މައުލޫމާތުތައް ލިބެނީ ދެން ޓީޒަރުގެ ވީޑިއޯއަކުން ނޫނެވެ. އެހެންނަމަވެސް ޓީޒަރުގެ އޯޑިއޯއިންނެވެ. ޓީޒަރު ނިމުމުގެ ކުރީން ޓީޒަރުން އިވިގެން ދަނީ "ބަލަ މަ މީ މުޅި ހިންނަވަރަށް މަޝްހޫރު...." އޭ ބުނާ އަޑެވެ. ނަމަވެސް މި އޯޑިއޯ ކޮޅު އެއްކޮށް ނިމިގެން ނުދަނީސް ޓީޒަރު މެދުކަނޑާލައި ކްރެޑިޓް ދައްކާލައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ޕްރޮޑަކްޝަނަކީ ޅ. ހިންނަވަރަށް ނިސްބަތްވާ ބައެއްގެ ޕްރޮޑަކްޝަނެކެވެ. ނަމަވެސް މިކަމެއް ކަށާވަރު ކުރެވޭނެ ގޮތެއް ވަނީ ނުވެފައެވެ. މި ޕްރޮޑަކްޝަން އަދި ޕްރޮޑަކްޝަންގެ އުފެއްދުމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ ޕްރޮޑަކްޝަނުން އެއްވެސް ޖަވާބެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

comment ކޮމެންޓް