ކިލޯއަކަށްވުރެ ގިނަ ޑުރަގާއި 7،000 ރުފިޔާއާއެކު 2 މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު: ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 7،000 ރުފިޔާ އަތުލައިގަތް -- ފޮޓޯ/ ފުލުހުން

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 7،000 އަށްވުރެ ގިނަ ރުފިޔާއާއެކު ދެ މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

މިއީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުންނެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:

  • މއ. ދަގަނޑުކެޑިގެ/ މާލެ، ޙަސަން ނިމާލު (44އ)
  • ހ. ރީފްވިޔު ހުޅަނގުބައި 3/ މާލެ، ޝިފާނާ ޢަބްދުއްސައްތާރު (38އ)

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ގެތައް ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް