އުރީދޫއިން ފުރަތަމަ ފަހަރަށް ބާއްވާ އުރީދޫ ނޭޝަންސް އިންޓަ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީ-ސްޕޯޓްސް މުބާރާތެވެ.
މި މަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖުތަކުގެ ޓީމުތަކަށް ދައުވަތު ދެނީ ތިން އީ-ސްޕޯޓް ޓައިޓަލް ކަމަށްވާ މޯބައިލް ލެޖެންޑާއި ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އިންނެވެ.
އުރީދޫއިން ބުނީ މި މުބާރާތުގައި ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ކަނޑައަޅާއިވާ ކަމަށެވެ.
އުރީދޫ ނޭޝަންގެ މި އިނީޝިއޭޓިވް އަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅައި، އީ-ސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށްލެވޭ އިނިޝިއޭޓިވެކެވެ.
ގޭމް ޓައިޓަލްސް އަދި ބައިވެރިވުމުގެ މައުލޫމާތު
މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް
މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)
ޓީމް ކޮމްޕޮޒިޝަން: މަދުވެގެން ހަތަރު ކޮލެޖް ދަރިވަރުން
ޕަބްޖީ މޮބައިލް
މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)
ޓީމް ކޮމްޕޮޒިޝަން: މަދުވެގެން ތިން ކޮލެޖް ދަރިވަރުން
ރަޖިސްޓްރޭޝަން: ore.do/inter-college-pubgm
އީއޭއެފްސީ 25
މުބާރާތް ފެށުން: މެއި 30، 2025 (ފިޒިކަލް އިވެންޓް)
ޓީމް ކޮމްޕޮޒިޝަން: ހަމައެކަނި ކޮލެޖް ދަރިވަރުން
ރަޖިސްޓްރޭޝަން: ore.do/inter-college-eafc
މި މުބާރާތަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މި މަހުގެ 25ވާ އާދީތަ ދުވަހުގެ 23:59ގެ ނިޔަލަށެވެ. އަދި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި ދައްކަންޖެހެނީ ކޮންމެ ޓައިޓަލް އަކަށް 100 ރުފިޔާ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ވަނީ ޓީމުތަކުން ރެޖިސްޓްރީ ކުރާއިރު ކޮލެޖުން ބައިވެރިވުމަށް ކަޑައެޅިފައިވާ ދަރިވަރުންގެ ރިކުއަމަންޓް ފުރިހަމަ ކުރަންވާނެ ކަމަށް ބުނެފައެވެ.
މި މުބާރާތަކީ ރާއްޖޭގައި އީ-ސްޕޯޓްސްގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ގާއިމުކޮށްދީ، ބާރުވެރިކޮށް އާ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ ނޭޝަންގެ ވިސްނުމުގެ ތެރޭގައި ހިމެނޭ މުބާރާތެއް ކަމަށް އުރީދޫއިން ބުނެއެވެ.
އަދި މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.