Dhiraagu

ޕަރޭޝްއަށް ދައުވާ ކުރުމުން ފިލްމުން ލިބުނު ފައިސާ އިންޓްރެސްޓާއެކު އަނބުރާ ދައްކައިފި

އެކްޓަރު ޕަރޭޝް ރާވަލް--ފޮޓޯ/މިޑްޑޭ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އެކްޓަރު ޕަރޭޝް ރާވަލް ފިލްމު "ހެރާ ޕެރީ 2"އިން ކުއްލިގޮތަކަށް ވަކިވުމާ ގުޅިގެން ފިލްމަށް ލިބުނު ގެއްލުމުގެ ބަދަލު އިންޓްރެސްޓާ އެކު އަނބުރާ ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވަކިއެއްޗެއް ނާންގާ ކުއްލިގޮތަކަށް ޕަރޭޝް ފިލްމުން ވަކިވުމާ ގުޅިގެން އެކްޓަރަށް ދައުވާ ކުރާނެ ކަމަށް "ހެރާ ޕެރީ 2"ގެ އެކްޓަރު އަދި ޕްރޮޑިއުސަރު އަކްޝޭ ކުމާރު ވަނީ މިދިޔަ ހަފުތާގެތެރޭ ބުނެފައެވެ. ފިލްމަށް ލިބުނު ގެއްލުމުގެ ބަދަލަށް ޕަރޭޝް އަތުން 25 ކްރޯޑު ރުޕީސް (293,526 ޑޮލަރު) ހޯދުމަށް އަކްޝޭ ވަނީ ދައުވާކޮށްފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުގައި މި ފިލްމުން ވަކިވުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޕަރޭޝް ދައްކާފައި ވަނީ 11 ލައްކަ ރުޕީސް (12،915 ޑޮލަރު)އެވެ.

އެކްޓަރު ޕަރޭޝް ރާވަލް، ސުނިލް ޝެޓީ އަދި އަކްޝޭ ކުމާރު--ފޮޓޯ/މިޑްޑޭ

ރިޕޯޓުތައް ބުނާގޮތުން މި ފައިސާ ޕަރޭޝް ދައްކާފައިވަނީ އިންޓްރެސްޓްގެ ގޮތުގައި ކަމަށްވާއިރު އޭނާ ފިލްމަށް ސޮއިކޮށްފައި ވަނީ 1.75 މިލިއަން ޑޮލަރަށެވެ. ޕަރޭޝް އަނބުރާ ދެއްކި 11 ލައްކަ ރުޕީސް އަކީ ފިލްމުން އެކްޓަރަށް ހުށަހެޅި ފީއިން އޭނާއާ ހަވާލުކުރެވުނު ފައިސާގެ އަދަދެވެ. ބާކީ އަދަދު އެކްޓަރަށް ދިނުމަށް ނިންމާފައި ވަނީ ފިލްމު ރިލީޒްކުރުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕަރޭޝް ފިލްމުން ވަކިވީ ކޮން ސަބަބަކާހުރެ ކަން ސާފުވެފައި ނެތް ނަމަވެސް ބައެއް ފިލްމީ ރިޕޯޓުތައް ބުނާގޮތުން އެކްޓަރު ފިލްމުން ވަކިވީ އޭނާއަށް ދޭން ހުށަހެޅި ފައިސާ ލިބުން މާބޮޑަށް ލަސްވާތީއެވެ.

މި ފިލްމުގެ މަސައްކަތް އަންނަ އަހަރުތެރޭ ފަށަން ނިންމާފައިވާއިރު ބެލުންތެރިންނަށް ފިލްމު ގެނެސްދެވޭނެ ކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެތެރޭއެވެ. އެހެންކަމުން ފިލްމުގައި ޕަރޭޝް ކުޅެން އެއްބަސްވި ރޯލްއިން އެކްޓަރަށް ލިބެންޖެހޭ ފައިސާގެ ބޮޑު ބައެއް ލިބެން ދެ އަހަރުވަރު ނަގާތީ އެކަމާ އެކްޓަރު ހިތްހަމަނުޖެހުނީ ކަމަށް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ހެރާ ޕެރީ"ގެ ފުރަތަމަ ބައި ރިލީޒްކޮށްފައި ވަނީ 2000ވަނަ އަހަރެވެ. އަކްޝޭ ކުމާރު އާއި ޕަރޭޝް ރާވަލްގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން އެކްޓަރު ސުނިލް ޝެޓީ ވެސް ވަނީ ފެނިފައެވެ.

comment ކޮމެންޓް

comment ށީމް

2 week 3 day ago

ދިވެހި ލިޔަން އަދި ރީތިކޮއް އިބާރާތް ކުރަން ދަސްކޮއްބަަލް. ހެޔޮ ނުވާނެ.

comment ޕަރޭޝް ރާވަލް

2 week 3 day ago

ރަންގަޅައް ދިރާސާހެދުމައް ގޮވާލަން ހޭރާ ޕޭރީގެ ދެވަނަ ފިލްމަކީ ޕިރް ހޭރާ ޕޭރީ މިހާރު ހަދަން އުޅެނީ ހޭރާ ޕޭރީ 3