ޓޯކިޔޯއިން ފުރި ފްލައިޓެއްގެ ދޮރު ހުޅުވަން އުޅުމުން ޑައިވާޓްކޮށްފި

އޯލް ނިޕޯނުގެ މަތިންދާ ބޯޓެއް. ފޮޓޯ/ގެޓީ

ޖަޕާނުގެ ޓޯކިޔޯއިން ފުރި އޯލް ނިޕޯނު އެއާވޭސް މަތިންދާ ބޯޓެއްގެ "އެގްޒިޓް" ދެ ދޮރު ހުޅުވަން ޕަސިންޖަރަކު މަސައްކަތް ކުރުމުން ބޯޓު ސީއެޓްއެލްގައި ޖައްސައިފިއެވެ.

އެފްބީއައިއިން ނެރުނު ބަޔާނެއްގައި ބުނީ ދޮރު ހުޅުވަން މަސައްކަތްކުރި ވަގުތު ކްރޫއިންނާއި ފަސިންޖަރުން އެ މީހާ ހިފެހެއްޓި ކަމަށާއި، ބޯޓު ޖެއްސުމަށްފަހު، އެ މީހާގެ ސިއްޙީ ހާލަތު ދެނެގަތުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ޑައިވާޓްކުރިއިރު، ބޯޓު ދަތުރުކުރަމުން ދިޔައީ ޖަޕާނުގެ ހަނޭޑާ އެއާޕޯޓުން ހުސްޓަންގެ ޖޯޖް ބުޝް އިންޓަކޮންޓިނެންޓަލް އެއާޕޯޓަށެވެ.

ފްލައިޓް ޓްރެކިން ވެބްސައިޓް ފްލައިޓްއެވޭއާ އިން ބުނާ ގޮތުގައި ބޮއިންގް 787-9 ޑްރީމްލައިނާ ސީއެޓްއެލް-ޓަކޮމާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ވައިގެ ތެރޭގައި ގާތްގަޑަކަށް 10 ގަޑިއިރު ދަތުރުކުރުމަށްފަހުއެވެ.

ބޯޓުގައި ތިބި ފަސިންޖަރުންނާއި ފްލައިޓް ކްރޫންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ އެއާޕޯޓުގެ ތަރުޖަމާނު ކްރިސް ގުއިޒްލޯ ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން އެއްވެސް ދައުވާއެއް މިހާތަނަށް އުފުލާފައި ނުވާ ކަމަށް އެފްބީއައިއިން ބުނެފައިވެއެވެ.

comment ކޮމެންޓް