ހަ ހަފުތާ: ކޮވިޑު ޖެހުނު މިންވަރު މިދިޔަ އަހަރަށްވުރެ މަދު

ފެބްރުއަރީ 3، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރަހައްދުގައި ކޮވިޑު19 ގެ ކޭސްތައް އިތުރުވަމުން އައި ނަމަވެސް ރާއްޖޭގައި މިދިޔަ ހަ ހަފުތާ ތެރޭ ކޮވިޑު ޖެހުނު މިންވަރު މަދުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހުން، މި މަހުގެ 17ވަނަ ދުވަހާ ހަމައަށް ރޯގާގެ ގޮތުގައި ފެތުރޭ ބަލިތަކާ ގުޅޭގޮތުން ނެރުނު ތަފާސް ހިސާބުގައި ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ މި އަހަރު އިތުރުވީ، އަރިދަފުސް ރޯގާ ކަމަށެވެ.

އެގޮތުން އަރިދަފުސް ރޯގާގެ 43،882 ކޭސް މި އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރިއިރު މިދިޔަ އަހަރު މި އަދަދުު، 7،835 ކޭސް މަދެވެ.

އެއާއެކު ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިންފްލުއެންޒާއާއި، ކޮވިޑު19 އެވެ. ކޮވިޑު19ގެ 37 ކޭސް މި އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެއް ކޭސް އިތުރެވެ.

އިންފްލުއެންޒާގެ 254 ކޭސް މި އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރީ 50 ކޭހެވެ.

މި އަހަރުގެ މި މުއްދަތުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު 127 ކޭސް ރިޕޯޓުކުރިއެވެ. މި މަހުގެ މިހާތަނަށް ރިޕޯޓުކުރީ 86 ކޭހެވެ.

މިދިޔަ އަހަރު އެޕްރީލާއި މެއި މަހު ޖުމްލަ 931 ކޭސް ރިޕޯޓުކުރިއެވެ.

އެޗްޕީއޭއިން ވަނީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށާއި، އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

comment ކޮމެންޓް