ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމުގެ ހުއްދަ އެމްއެފްއެލްސީ އާއި ބީއައިސީ ބޭންކަށް ދީފި

އެމްއެމްއޭއިން ދެ ކުންފުންޏަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަދިނުން --- ފޮޓޯ/ އެމްއެމްއޭ

ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ އޮޕަރޭޝަނަލް ހުއްދަ ހުއްދަ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއަށް އެމްއެމްއޭއިން ދީފިއެވެ.

އެމްއެމްއޭއިން މި ދެ ކުންފުންޏަށް ބޭންކިން ޚިދުމަތް ދިނުމުގެ ހުއްދަ ދިނީ މިމަހުގެ 19ވަނަ ދުވަހުއެވެ.

އެގޮތުން، ލީސިންގެ ޚިދުމަތް ދޭ އެމްއެފްއެލްސީއަށް ހުއްދަ ދީފައި ވަނީ، ޓިއާ އެކެއްގެ ބޭންކަކަށް ބަދަލު ކުރުމަށެވެ. ބީއައިސީ ބޭންކް މޯލްޑިވްސްއަށް ހުއްދަ ދީފައި ވަނީ، ޓިއާ އެކެއްގެ ބޭންކެއް އުފެއްދުމަށެވެ.

އެމްއެމްއޭއިން ބުނީ، ޚިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޝަރުތުތައް ފުރިހަމަކުރުމުން ބޭންކިން ޚިދުމަތް ފެށުމަށް އެކުންފުނިތަކަށް ހުއްދަ ދޭނެކަމަށެވެ.

އެމްއެމްއޭއިން ދެ ކުންފުންޏަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަދިނުން --- ފޮޓޯ/ އެމްއެމްއޭ

މިހާރު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދެނީ ހަތް ބޭންކަކުންނެވެ.

އެއީ:

  • ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
  • މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
  • ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
  • ބޭންކް އޮފް ސިލޯން (ބީއޯސީ)
  • ހަބީބް ބޭންކް
  • މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
  • ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)އެވެ.
comment ކޮމެންޓް

comment ާލލ

1 month 2 week ago

ކޮންމެ ފަންނެއްގެ އިލްމުވެރިން ނަކީ އެފަންނެއްގައި ދިމާވާ މައްސަލަ ހައްލު ކުރުމުގެ ޤާބިލްކަން ހުންނާނެ ބަޔެއް، ރާއްޖޭގައި ހުއްދަވާނީ އިސްލާމީ ޝަރިއްޔާ ހުއްދަކުރާ މުޢާމަލާތް އެކަނި !

comment ވަ

1 month 2 week ago

ރާއްޖޭގައި އިތުރު ބޭންކުތަކަށް ހުއްދަދޭންވާނީ އިސްލާމިކް ބޭންކިންގ އުސޫލުން އޮޕަރޭޓު ކުރަން އެކަނި. ކޮންވެންޝަނަލް ބޭންކުތަށް ރާއްޖޭގައި މަޑުމަޑުން ފޭސް އައުޓްކޮއްލަންޖެހޭ. އަދި މުޅި ބޭންކިން ދާއިރާއަކީ އިސްލާމިކް ބޭންކިންގް ސިސްޓަމްއަށް ކޮންފޯމްވެފައިވާ އިންޑަސްޓުރީއަކަށް ބަދަލުކޮއްލަން ގޮވާލަން.