މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕް 2025 ގެ ފިރިހެން ޑިިވިޝަނުގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އާމިނަތު އަޒްރާ ހޯދައިފިއެވެ.
މާލޭގައި ހުންނަ ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްދިޔަ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދީ ފައިނަލުގައި މުޙައްމަދު ސާހިލް ހަމީދު ބަލިކޮށްގެންނެވެ. މި މެޗު ފަޔާޒް ކާމިޔާބުކޮށްފައިވަނީ 11-06 ފްރޭމުންނެވެ.

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އަޒްރާ ހޯދީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު އާމިނަތު ހަލީމް (ދިލް) ގެ މައްޗަށް ކުރިހޯދައިގެންނެވެ. އަޒްރާ މި މެޗު ކާމިޔާބުކުރީ 7-6 ފްރޭމުންނެވެ.
އެމްޕީބީއޭއިން އެންމެ ފަހުން ބޭއްވީ 8 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސާހިލް އާއި ދީނާ އަހްމަދެވެ.
މި އަހަރުގެ ބިލިއާޑް މުބާރާތްތަކުގެ ތެރެއިން ގިނަ މުބާރާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އަހަރަކަށްވުރެ އަހަރެއް މުބާރާތުގެ ފޯރި ދަނީ ގަދަވަމުންނެވެ.