މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯގެ ކަރަންޓު ދުންހޮޅިތައް --

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ. އެ މައްސަލަ މެދުވެރިވާން ދިމާވި ސަބަބު ނޭނގޭ ކަމަށާއި ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މާލޭ، އިންޖީނު ގެއިން ކަރަންޓު ކެނޑުނީ ޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވެގެންނެވެ. އެގޮތުން ހުޅުމާލެއާއި މާލޭގެ ކަރަންޓު ވިއުގަ ގުޅިފައިވާއިރު، ކަރަންޓު ދިޔައީ ހުޅުމާލޭގެ އިންޖީނަކަށް ދިމާވި މައްސަލައަކާހެދި، މާލޭ އިންޖީނުގެއިން ކަރަންޓު ދެނިކޮށް، މާލޭ ކަރަންޓު ގޭގެ އިންޖީނުތަކަށް ނުކަތައިގެންނެވެ.

ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 12:30 ހާއިރެވެ.

"މިވަގުތު މުޅި މާލެއާއި ހުޅުމާލެ އޮތީ ބްލެކްއައުޓެއްގައި،" ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ކެނޑުނުތާ ގަޑިއިރެއްފަހުން، 13:30 ހާއިރު ބުނީ ޓޯޓަލް ބްލެކްއައުޓަކަށް ވާތީ، މިހާރު ކުރަނީ ގްރޭޓާ މާލެ ގްރިޑް އެނަޖައިޒްކުރުމުގެ ކުރިން އިންޖީނުތަކުގެ ޗެކަޕް ހެދުމުގެ މަސައްކަތް ކަމަށެވެ. ޗެކަޕް ނިމުމުން، ޖެންސެޓުތައް އެނަޖައިޒްކުރާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

comment ކޮމެންޓް