ފޯނާއި ލެޕްޓޮޕް ފަދަ ވަސީލަތްތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިއްކާ މެކްސްކޮމް ޓެކްނޮލޮޖީސްގެ ވިޔަފާރި އިތުރަށް ފުޅާކޮށް، އައު ދެ ބްރޭންޑެއްގެ ތަކެތި ބާޒާރަށް ނެރެފިއެވެ.
މެކްސްކޮމްއިން އަލަށް ގެނެސްފައިވަނީ އެކްސްޓެލް ބްރޭންޑުގެ ތަކެއްޗާއި ޑީޓެކް ބްރޭންޑްގެ ތަކެއްޗެވެ. އެ ދެ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ ވެސް މިހާރު މެކްސްކޮމް އެވެ.
މެކްސްކޮމްއިން ބުނީ ދެ ބްރޭންޑުގެ ވެސް އޮރިޖިނަލް އުފެއްދުންތައް މިހާރު އެ ފިހާރައިންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
މެކްސްކޮމްގެ ޗީފް ޓެކްނިކަލް އޮފިސަރު އަހްމަދު ސިބާހް ވިދާޅުވީ، އެކްސްޓެލްއަކީ ދުނިޔޭގެ މާކެޓުގައި އެމެރިކާއިން ފެށިގެން މެދުއިރުމައްޗާ ހިސާބަށް 'ޕެސިވް ނެޓްވޯކިން ކޮމްޕޮނެންޓްސް' އުފައްދައި ގެންދާ ބްރޭންޑެއް ކަމަށެވެ. އެގޮތުން މެކްސްކޮމްއަށް ގެނެސްފައިވާ ޕްރޮޑަކްޓުތަކުގެ ފެންވަރު ރަނގަޅުކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މެކްސްކޮމްއަށް ދެން ގެނެސްފައިވާ ޑީޓެކް ބްރޭންޑުގެ ޕްރޮޑަކްޓްސްއަކީ ކޮމްޕިއުޓާ އެކްސެސަރީސްއެވެ.
ސިބާހް ވިދާޅުވީ، އަައު އިމާރާތެއް އަޅާއިރު ބޭނުންވާ ކޭބަލާއި ޖެކާއި ފޭސްޕްލޭޓް ފަދަ ތަކެތި ވެސް މެކްސްކޮމްއިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ފިހާރައިގެ އައު ޕްރޮޑަކްޓުތައް ހޯލްސޭލްކޮށް ނުވަތަ ޕްރޮޖެކްޓެއްގެ މަސައްކަތެއް ނަމަ ބޭނުންވާ އަދަދަކަށް އެ ޕްރޮޑަކްޓް ޑެލިވާ ކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މެކްސްކޮމްއިން މުދާ ހޯދުމުގައި ފަސޭހަވާނެ ގޮތްތައް ހަމަޖައްސައިފައިވާ ކަމަށް ވެސް ސިބާހް ވިދާޅުވިއެވެ. އެގޮތުން މެކްސްކޮމްގެ އޮންލައިން ޝޮޕް ލޯންޗު ކުރުމާގުޅިގެން ހުރިހާ ކަސްޓަމަރުންނަށް ވެސް އޮންލައިންކޮށް ލިބެން ހުންނަ ޕްރޮޑަކްޓް މިހާރު ގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕްރޮޑަކްޓްތަކަށް ވެސް ޑެލިވަރީގެ ޚިދުމަތް ދޭނެ ކަމަށް ސިބާހް ވިދާޅުވިއެވެ.