ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށީގައި މިރޭ މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ނިޔާވެފައި އޮއްވައި ފެނުނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މީހާއާއި އޭނާ ނިޔާވި ގޮތާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ އެއީ ފުލުހުން ބަލަމުންދާ ކަމެއް ކަމުގައި ވާތީ، މައުލޫމާތު ފޯރުކޮށްދޭނީ ފުލުހުން އެކަނި ކަމަށެވެ.