އަރުމީނިއާ މުބާރާތުގެ ތިން ކެޓަގަރީގެ ސެމީއަށް ދަތުރުކޮށް ލައިބާއަށް ރެކޯޑެއް

އަރުމީނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ --- ފޮޓޯ: ސިޑިބަރި

ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތެއް ކަމަށްވާ 'އަރުމީނިއާ ޔޫތު އޯޕަން 2025'ގެ ތިން ކެޓަގަރީއެއްގެ ސެމީން ޖާގަ ހޯދައި، ރާއްޖޭގެ އުންމީދީ ތަރި ލައިބާ އަޙްމަދު މަޙްލޫފް ރެކޯޑެއް ހަދައިފިއެވެ.

ލައިބާ ވަނީ މިއަހަރުގެ މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ބައިނަލްއަގްވާމީ އެއް މުބާރާތެއްގައި ތިން ކެޓަގަރީގެ ސެމީ ފައިނަލަށް ލައިބާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ކުރިއަރަމުން އަންނަ ތަރި ލައިބާއަށް ބޮޑު ކާމިޔާބީއެކެވެ.

މުބާރާތުގެ ސިންގަލްސް ކުއާޓާ ފައިނަލުގައި ޖޯޖިއާގެ 13 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާ މަގްދާ ޝަހުބާޒިއަންއާ ވާދަކޮށް ލައިބާ މޮޅުވީ 22-20، 18-21 އަދި 21-13 އިންނެވެ. މި ނަތީޖާއާއެކު މާދަމާ ކުޅޭ ސިންގަލްސް ސެމީ ފައިނަލުގައި އޭނާ ވާދަކުރާނީ އަރުމީނިއާގެ 13 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާ ގަޔާނޭ އަވޭޓިޝިއަންއާ ދެކޮޅަށެވެ.

އަރުމީނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ---

ސެމީ ފައިނަލާއި ފައިނަލް މެޗުތައް އޮންނާނީ މާދަމާ އެވެ. ސައިޕްރަސްގެ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ތެރެއިން ލައިބާގެ ޑަބަލްސް ޕާޓްނަރު އެމޭލިއާ ސޮފޮކްލިއަސް އޮތީ އެއްވަނައިގައެވެ.

ލައިބާގެ މިކްސް ޑަބަލްސް ޕާޓްނަރު އެރިކް އެލޯޔަން އޮތީ އަރުމީނިއާގެ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ތެރެއިން އެއްވަނައިގައެވެ.

ކެޕްޝަން..އަރުމީނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ---

އަރުމީނިއާގެ ވެރިރަށް ޔެރެވާންގައި މި މުބާރާތް ކުރިއަށްދާނީ ޖޫން މަހުގެ ހަޔަކުން އަށެއްގެ ނިޔަލަށެވެ. މި މުބާރާތަކީ އޯޕަން އިންވިޓޭޝަނެއްގެ ދަށުން ގިނަ ގައުމުތަކެއްގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މިދިޔަ އަހަރު ބޭއްވި އަރުމީނިއާ ޔޫތު މުބާރާތުގައި ވެސް ލައިބާ ވާދަކުރިއެވެ. އެފަހަރު ލައިބާ ވަނީ ރިހި މެޑަލްއަކާއި ބްރޯންޒް މެޑަލްއެއް ހޯދާފައެވެ.

comment ކޮމެންޓް