ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިންޓަގްރޭޓެޑް އެއާޕޯޓު ޑިވެލޮޕްމަންޓް މާސްޓާޕްލޭނެއް އާންމުކުރައްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، އެ މާސްޓަޕްލޭން ތައްޔާރުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށާއި ވެރިކަން ބަދަލުވަނީ އެއާޕޯޓު އަޅައިދިނުމުގެ ވައުދުފުޅުތަކާ އެކުގައި ކަމަށެވެ.
ދިހަ އަހަރު ދުވަހުގެ އެ ޕްލޭން މިހާރު އެކުލަވާލައި ނިމިފައިވާކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، އެއީ ވަރަށް ބޮޑު މަސައްކަތެއްކޮށްގެން އެކުލަވާލެވުނު ޕްލޭނެއް ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ/ މަޖިލީސް
އެ ޕްލޭން އެކުލާފައިވާނީ 30 މިނެޓުން އެއާޕޯޓުތަކަށް ދެވޭ ޕްލޭނަކާ އެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެއާޕޯޓުތައް ފަދަ ކަންކަމުގެ މަސައްކަތްތައް ކުރައްވާ ބޭފުޅުން ޕްލޭނަކާ އެކީގައި އެކަން ކުރައްވާނެ ކަމަށް އުންމީދުކުރާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޕްރައިވެޓް އެއާޕޯޓުތަކާއި ޕަބްލިކް ސާވިސަށް ބޭނުންކުރަން ޖެހޭ އެއާޕޯޓުތަކާއި އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ޑޮމެސްޓިކު އެއާޕޯޓުތައް ޓުއަރިޒަމް ރިލޭޓެޑްކޮށް ޑިވެލޮޕްކުރަން ޖެހޭ ޚާއްސަ ލޭންޑިން އެންޑް ޓޭކްއޮފް ސްރިޕްތައް ޑިވެލޮޕްކޮށް، މި ހުރިހާ ކަމަކަށް ރާއްޖޭގައި ކުރެވޭ ގޮތަށް ވަރަށް ކޮމްޕްރިހެންސިވް ކަންތައްތަކެއް އަޅުގަނޑުމެން ކޮށްފައި މިވަނީޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން
ޕަބްލިކް ޑޮމެއިންނާއި ސަރުކާރުގެ ހުރިހާ އެންމެންނަށް ފެންނަ ގޮތަށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ޕްލޭން އާންމުކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވަނީ ގިނަ އަތޮޅުތަކެއްގައި އެއާޕޯޓުތައް އަޅުއްވައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެ ގޮތުން، ކައިރި ކައިރީގައި ގިނަ އެއާޕޯޓުތައް އަޅާތީ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރެއެވެ.