ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާ އޯވާހީޓްވެ، އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ، މިނިސްޓްރީގެ ޚދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާތީ މި މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިނިސްޓްރީގެ އޮފިޝަލެއް "ސަން"އަށް ވިދާޅުވީ، ދިމާވީ ސާވާ އޯވާހީޓްވުމުގެ މައްސަލައެއް ކަމަށާއި މައްސަލަ ދިމާވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އޮފިޝަލް ވިދާޅުވީ، ސާވާ ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލަކުން ދިނުމަށް އެ ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މި މަހު "ސަން"އަށް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ، ކުރީ ސަރުކާރުގައި މިނިސްޓްރީން ހިންގަމުން އައި ޕޯޓަލް އޮތީ ވަރަށް ގިނަ ބަޔަކަށް ވަދެވޭ ގޮތަށް، ރައްކާތެރިކަމެއް ނެތި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އުންމީދަކީީ އެ މަސައްކަތް ހަ މަހުގެ ތެރޭ ނިންމާލުން ކަމަށެވެ.